އަނިޔާގައި ހުރި ބާސާގެ ޑެމްބެލޭ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
އަނިޔާގައި ހުރި ބާސާގެ ޑެމްބެލޭ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

މިދިޔަ ސެޕްޓެމްބަރު މަހު، ގެތާފޭ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ފައިގެ ފަލަށް މަސްގަނޑަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ކުޅުމާ ދުރުގައި ހުރި އޮސްމާން ޑެމްބެލޭ ބާސާގެ ބައެއް ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

އެ ގޮތުން، އިއްޔެގެ ވަގުތެއްގައި ޑެމްބެލޭ ވަނީ ބާސާގެ ޓްރެއިންނިންގ ގްރައުންޑެއްކަމަށްވާ، ކިއުޓަޓް އެސްޕޯތިވާގައި ވެސް ފަރިތަކުރުންތަކެއްގައި ބައިވެރިވެފައެވެ.
އިއްޔެ ޑެމްބެލޭ ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވީ އޭނާގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާއިން ފަރުވާ ހޯދުމަށްޓަކައި ކަސްރަތެއްގެ ގޮތުގައިކަމަށް ބާސާގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވެއެވެ.

އަދި ކުރިއަށް އޮތް ދެން ހަފުތާގެ ތެރޭގައި އަނިޔާއިން މުޅިން ފަރުވާލިބި އެހެން ކުޅުންތެރިންނާއެކު ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަށް ޕްރެންސް ކޮންފެރެންސެއްގައި ވާހަކަދައްކަމުން ޑެމްބެލޭ ވަނީ ބުނެފައެވެ.

ފްެރާންސްގެ އޮސްމާން ޑެމްބެލޭއަކީ މިދިޔަ ހޫނު މޫސުމުގެ ޓްެރާންފަރ ބާޒާރުގައި، ދެވަނައަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ބާސާއިން ގެނައި 20 އަހަރުގެ ޒުވާން ހުނަރުވެރި ކުޅުންތެރިއެކެވެ. އަދި މިއީ އެންމެ ބޮޑު އަގުގައި ބާސާގެ ތާރީޚުގައި ގަތް ކުޅުންތެރިޔާއެވެ.

މި ވަގުތު ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ހުރީ 222 މިލިއަން ޔޫރޯއަށް ބާސާއިން ޕީއެސްޖީއަށް ބަދަލުވި ބްރެޒިލްގެ ނޭމާއެވެ.
މިއަދު އޮންލައިން