ތިމާގެ މުސްލިމު އަޚާއާއި ވާހަކަ ނުދައްކާ ހުރުމަކީ ކޮންކަހަލަ ކަމެއް؟

ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިމާގެ މުސްލިމު އަޚާއާއި ވާހަކަ ނުދައްކާ ހުރުމަކީ ކޮންކަހަލަ ކަމެއް؟
މުސްލިމުން އެކަކު އަނެކަކާއި ވާހަކަ ނުދައްކާ ހުރުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ.

ރަސޫލާ (ޞޢޥ) ގޮވާލައްވަވާފައިވަނީ ތިން ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން މުސްލިމުން އެކަކު އަނެކަކާއި ވާހަކަ ނުދައްކާ ހުރުމަކީ އިސްލާމްދީން ނަޙީ ކުރައްވަވާފައިވާ ކަމެއް ކަމަށާއި އެއީ އެކަލާނގެ ނުރުއްސަވާ ބޮޑު ފާފައެއް ކަމަށެވެ.

އަބޫ އައްޔޫބް އަންސީރީ ރިވާ ކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. "މުސްލިމަކު އޭނާގެ މުސްލިމު އަޚާއާއި ތިން ރެއަށްވުރެ ދިގު މުއްދަތަކަށް ވާހަކަ ނުދައްކާ ހުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ފަހަ އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ދެމީހުން ދެކޮޅަށް އެނބުރޭ ދެމީހުންގެ، ތެރެއިން ޞާލިޙު މީހާއަކީ އެންމެ ފުރަތަމަ ސަލާމް ގޮވާލާ މީހާއެވެ." (ސަޙީހް މުސްލިމު ފޮތް ނަމްބަރު 032 އަދި ސަޙީހް ބުޚާރީ ފޮތް ނަންބަރު 6210)

އަބޫ ޙުރެއިރާ (ރަޟިއަﷲ އަންހު) ވިދާޅުވިއެވެ. "މާތް ނަބިއްޔާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވެވިއެވެ. މުސްލިމުން ކޮށްފައިވާ ރަނގަޅު ކަންތައްތައް ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހު އެކަލާނގެއަށް ހުށަހެޅޭނެއެވެ. އަދި އެކަލާނގެ ހުރިހާ އަޅުތަކުންމެ ކޮށްފައިވާ ކުދިކުދި ފާފަތައް ފުއްސަވާނެތެވެ. ނަމަވެސް ތިމާގެ އަޚާއާއި މެދު ހިތުގައި ނަފުރަތު އުފެދިފައިވާ އަޅާގެ ފާފަތަށް ފިޔަވައެވެ. އެފަދަ ދެމީހުން އެކަކު އަނެކަކާއި ސުލްޙަވެރި ވެއުމަށްދާންނެވެ." (މުސްލިމް)

މީގެއިތުރުން ވެސް އަބޫ ހުރެއިރާ (ރަޟިއަﷲ އަންހު) ވިދާޅުވިއެވެ. "މާތް ރަސޫލާ (ޟޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ. މުސްލިމަކު އޭނާގެ އަޚާއާއި ތިން ދުވަހަށް ވުރެ އިތުރަށް ރުޅިވެރިކަން ބޭއްވުން ހުއްދަ ކުރައްވަވާފައެއް ނުވެއެވެ. އެތިން ދުވަހަށްވުރެ އިތުރަށް ރުޅިވެރިކަން ދަމަ ހައްޓާ، އެރުޅިވެރިކަމުގައި ދެމިހުރެ މަރުވެއްޖެނަމަ، ހަމަކަށަވަރުން ވެސް އެމީހާއަކީ ނަރަކަވަންތަ ވެރިއެކެވެ." (އަބޫ ދާއޫދް)
މިއަދު އޮންލައިން