ރުޅި ކޮންޓްރޯލުކުރުމާ މާފުކުރުމަކީ ސުވަރުގެ ވަދެވޭ ދެކަންތައް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރުޅި ކޮންޓްރޯލުކުރުމާ މާފުކުރުމަކީ ސުވަރުގެ ވަދެވޭ ދެކަންތައް: މުފްތީ މެންކް
ރުޅިއަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. ރުޅި އައުމުން އަމަލުކުރަންޖެހޭ ގޮތް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުތަކުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.

ރުޅިއަތުވެއްޖެނަމަ ފުރަތަމަ ކަމެއްގެ ގޮތުން ޝައިޠާނާގެ ކިބައިން ސަލާމަތްވުމަށް އެދި އަޢޫޛް ކިޔަވާށެވެ. ދެވަނަ ކަމަކަށް ކޮޅަށް ހުރި ނަމަ އިށީންނާށެވެ. އިށީނުމުންވެސް ހައްލުނުވާނަމަ އޮށޯންނާށެވެ.

އަހަރަރެންގެ ތަޖުރިބާއަށް ބަލާއިރު ފެން ބުއިމާއި އަނގައިގައި އިރުކޮޅަކު ފެންފޮދެއް ބެހެއްޓުމަކީ ވެސް ރުޅި މަދުވާ ސަބަބެކެވެ.

ވިސްނައިލާށެވެ. ރުޅި އައުމުން ކޮންޓްރޯލު ނުކުރެވި ކިތަންމެ ބައަކު އެމީހުންގެ ޒަވާޖީ ހަޔާތް އެބަ ރޫޅައިލައެވެ. ރުޅި މަޑުވެ ކުރެވުނު މޮޔަ ކަންތަކާއި ހެދުނު ގޯސް ނިމުން ދީނީ ޢިލްމުވެރިއެއްގެ ގާތަށް ގޮސް ދެން ކުރަންވީ ކަމެއް އޮޅުންފިލުވައެވެ.

އެނގޭ ހެއްޔެވެ. ރުޅި ގަދަވާވަގުތު އެކަމަށް ވިސްނައި ރުޅިމަޑުކުރާމީހަކަށް އެމީހަކު ބޭނުން އިނާމެއް މާތްﷲ ޤިޔާމަތް ދުވަހުން ދެއްވަވާނެތެވެ. ތިބާ ބޭނުންވާ ގޮތެއް އަމިއްލައަށް އިޚްތިޔާރުކުރާށެވެ.

ކީރިތި ޤްރްއާނުގައި ވަނީ ރުޅި އަންނަހިނދު އެކަން ކޮންޓްރޯލުކުރާމީހާ ސުވަރުގެ ވަންނާނެ ކަމަށެވެ.

ހަމައެފަދައިން މާފުކުރުމަކީވެސް ސުވަރުގެ ވަދެވޭ ސަބަބެކެވެ. މީހުން ތިބާއަށް ތަފާތު ގޯނާތައް ކޮށްފައި ވެދާނެއެވެ. އެގޯނާތަކަށް ނުވިސްނައި އެންމެންނަށް މާފުދޭށެވެ. މާފުނުދީ ހުންނަމީހާއަށް އަބަދުވެސް އުޅެންޖެހޭނީ އެކަންކަން ހިތުގައި ބާއްވައިގެން އެ ބުރަ އުފުލަމުންނެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން