ތިބާގެ ހުރިހާ ކަމެއް އެންމެންނަށް އަންގާނަމަ ތިބާ އާއި ޙަސަދަވެރިވާނެ ބައަކު ޝައިޠާނާ އުފައްދާނެ: މުފްޠީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ތިބާގެ ހުރިހާ ކަމެއް އެންމެންނަށް އަންގާނަމަ ތިބާ އާއި ޙަސަދަވެރިވާނެ ބައަކު ޝައިޠާނާ އުފައްދާނެ: މުފްޠީ މެންކް
މާތްﷲ އަހަރެމެންނަށް އަންގަވާފައިވަނީ އަހަރެމެންގެ ހުރިހާ ކަމެއް އެންމެންނަށް ނުއެންގުމަށެވެ. ޔޫސުފް ސޫރަތުގެ ފަސްވަނަ އާޔަތް ކިޔައިބަލާށެވެ. ޔަޢްޤޫބްގެފާނު، ދަރިކަލުން ޔޫސުފްގެފާނަށް އަންގަވަނީ ފެނިވަޑައިގެންނެވި ހުވަފެންފުޅު އަޚުންނަށް ވިދާޅުވެ ނުދެއްވުމަށެވެ.

"އެކަލޭގެފާނު ވިދާޅުވިއެވެ. އޭދަރިފުޅާއެވެ! ތިބާއަށް ފެނުނު ހުވަފެން ތިބާގެ ބޭބެންނަށް ކިޔައި ނުދޭށެވެ. ފަހެ، އެއުރެން ތިބާއަށް ނުބައި ރޭވުމެއް ރާވައިފާނެއެވެ. ހަމަކަށަވަރުން، ޝައިޠާނާއަކީ އިންސާނުންނަށް ހުރި ފައުޅުވެގެންވާ ޢަދާވާތްތެރިއެކެވެ."

ތިބާގެ ހުރިހާ ކަމެއް އެންމެންނަށް އަންގަމުން ގެންދާނަމަ ތިބާ އާއިމެދު ހަސަދަވެރިވާނެ ބައަކު ޝައިޠާނާ އުފައްދާނެއެވެ. މާނައަކީ ބައެއްގެ ހިތްތަކުގައި ތިބާގެ މައްޗަށް ނަފުރަތު އުފައްދުވާނެއެވެ.

ނަމަވެސް ކަންކަން މިއަދު ވަމުން މިދަނީ ކިހިނެއްހެއްޔެވެ؟ ކިރިޔާކަމެއްވާއިރަށް، ނިޢުމަތެއް ލިބޭއިރަށް ސޯޝަލް މީޑިއާގައި ލިޔެ މުޅި ދުނިޔެއަށް އަންގަމުންދާކަން އެއީ ކުރެވެމުން އަންނަ ބޮޑު ކުށެކެވެ. އެކުށް ނުކުރާށެވެ. އެގޮތަށް އެކަން ކުރުމުން ހަސަދަވެރިން ގިނަވެ ކާމިޔާބީއަށް ހުރަސްއެޅިދާނެއެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން