ފަހުޒަމާނުން މިހާރު ނުފެންނަނީ ކޮން ކަމެއް؟ ބިލާލް އަސްއަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ފަހުޒަމާނުން މިހާރު ނުފެންނަނީ ކޮން ކަމެއް؟ ބިލާލް އަސްއަދު
ފަހުޒަމާނުގެ އަލާމާތްތަކުން މިހާރު ނުފެންނަނީ ކޮން އަލާމާތެއްހެއްޔެވެ؟

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަދީޘްފުޅުން އެނގޭ ގޮތުގައި މި އުންމަތަށް ޒަމާނެއް އަންނާނެއެވެ.

މީސްތަކުން ނަމާދުކުރާނީ ނަމެއްގައެވެ. ފަރުވާ ނުބަހައްޓައެވެ. ވަށައިގެން އުސް އިމާރާތްތަކުން ފުރޭނެއެވެ. އެއްބައަކު އަނެއް ބައަކަށް ހަސަދަވެރިވެ ޒުވާބުކުރާނެއެވެ. ރިޝްވަތު ދިނުމާއި ޖިންސީ ގުޅުން ހިންގުން، ފާހިޝް އަމަލުތައް ގިނަވާނެއެވެ. އާޚީރަތް މަތިން ހަނދާން ނެތި ދުނިޔޭގެ އެދުންތަކަށް މީސްތަކުން ޣާފިލުވާނެއެވެ.

މިކަންކަން މިއަދު ޢާންމު ނުވޭ ހެއްޔެވެ؟ މިޒަމާނުގައި ތިބޭ ބައަކު މިކަންކަމަށް ކަންތައް ބޮޑުވި ނަމަވެސް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. ކަންބޮޑުވާ މީހާއަށް އޮތީ ކެތްތެރިވެ މަރުވަންދެން އަނގަ މަޑުން ލައިގެން ކެތް ކުރުމެވެ.

ވިސްނާށެވެ. އަދިވެސް އެނގެން އެބައޮތެވެ. މައިން ދަރިންނަށް ވިހާނެއެވެ. އެ ދަރި ވެރިއަކަށްވެ ވެރިކަން ކުރާނެއެވެ. މައިންބަފައިންނަށްވުރެ ދަރިންނަށް އެމީހުންގެ ރައްޓެހިން މުހިންމުވާނެއެވެ.

އިސްލާމް ދީނުގައި ހަރާމް ކަންތައްތައް މާގިނަވެގެން ބައަކު އެބައުޅެއެވެ. ނަމަވެސް ހަރާމް ކަންކަން އިތުރުވަނީއެއް ނޫނެވެ. ހަރާމް ކަންކަން ކުރަން ބޭނުންވުން ގިނަވަނީއެވެ.

ލޮބުވެތިންނޭވެ. މިއަދު މި އަލާމާތްތައް އަހަރެމެންނަށް އެބަފެނެއެވެ. ވިސްނާށެވެ. ހޭލުންތެރިވާށެވެ. ދުނިޔެ މިދަނީ ނިމެމުންނެވެ. ޢަލާމާތްތައް މިދަނީ ފެންނަމުންނެވެ.

ދުނިޔޭގައި ހައިހޫނުކަން ޢާންމުވެއްޖެއެވެ. އެމެރިކާގައި ބޭހުގެ ވިޔަފާރީގެ ފައިދާއަށް އަހަރަކު 50 ބިލިއަން ޑޮލަރު ލިބެއެވެ. ބަލިމީހުންނަށް ބޭސްވިއްކަނީ އިންތިހާއަށް ބޮޑު އަގުގައެވެ. ބޭސް ނުގަނެވިގެން މީހުންތައް މަރުވަނީއެވެ. ނަމަވެސް ބޮޑު ފައިދާގައި ނޫނީ ވިއްކަން ބޭނުމެއް ނުވަނީއެވެ. އިންސާނުންގެ ފުރާނައިގެ އަގެއް ނެތެވެ. ބޭނުންވަނީ މުއްސަނދިކަމެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން