ވޭން ރޫނީގެ ހެޓްރިކާއެކީ އެވަޓަންއަށް މޮޅެއް

ކިޔުމަށް ހޭދަވާނީ 1މ 10ސ
ވޭން ރޫނީގެ ހެޓްރިކާއެކީ އެވަޓަންއަށް މޮޅެއް


ފަހުން ކުޅުނު 12 މެޗުން އެއްވެސް މެޗަކުން މޮޅެއް ނުލިބި އޮތް އެވަޓަން، ރޭގެ އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅުނު މެޗުން މޮޅުވެއްޖެއެވެ. މި މެޗު، ވެސްޓްހާމާ ދެކޮޅަށް ކުޅެ އެވަޓަން މޮޅުވީ 0-4 ގެ ނަތީޖާއިން މޮޅުވެފައެވެ.

މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި މެންޗެސްޓާ ޔުނައިޓެޑުން އެވަޓަނަށް އަނބުރާ އައި ވޭން ރޫނީ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކެއް ފުރިހަމަކޮށްފައެވެ. މި މެޗުގައި ރޫނީގެ ލަނޑުތައް ފެނިގެން ގޮސްފައިވަނީ މެޗުގެ 18ވަނަ މިނެޓާއި 28ވަނަ މިނެޓާއި 66ވަނަ މިނެޓުގައެވެ.

ރޭގެ މެޗުގައި އެވަޓަންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 78ވަނަ މިނެޓުގައި އޭޝްލީ ވިލިއަމްއެވެ.

މި ހެޓްރިކާއެކު ވޭން ރޫނީ ވަނީ އޭނާގެ މުޅި ޕްރެމިއާ ލީގުގެ ކަރިއަރުގައި 205 ލަނޑު ކާމިޔާނުކޮށްފައެވެ. ޕްރެމިއާ ލީގުގެ ތާރީޚުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއަކީ ވޭން ރޫނީއެވެ. ރޫނީއަށްވުރެ 55 ލަނޑު އިތުރަށް ކާމީޔާބުކޮށް ޕްރެމިއާ ލީގުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ކުރިން ބްލެކްބާނާއި ނިއު ކާސަލް ކުޅެދީފައިވާ އަލަން ޝިއަރާއެވެ.

ރޭގެ މެޗުން މޮޅުވެގެން، އެވަޓަން ވަނީ ލީގު ތާވަލުގެ 4 މަޤާމު ކުރިއަށް ޖެހިލައިފައެވެ. އެހެން ނަމަވެސް އަދިވެސް އެވަޓަން އޮތީ ތާވަލުގެ ކިރިޔާ 13 ވަނައިގައެވެ. ފަހަކަށް އައިސް އެވަޓަންގެ ފަރާތުން ފެންނަމުން ދަނީ ވަރަށް ދަށް ކުޅުމެވެ. މި މެޗުގެ ކުރިން އެވަޓަން ކުޅުނު ފަހު 12 މެޗުން އެއްވެސް މެޗަކުން މޮޅެއް ލިބިފައެއް ނެތެވެ.
މިއަދު އޮންލައިން