ތިބާގެ ދެ އަތްތިލައިގައި 99 ލިޔެވިފައިވާކަން އެނގޭހެއްޔެވެ؟ މާތް ﷲ އަށް ޚާއްޞަވެގެންވާ އޮނަސައްތަ އިސްމުފުޅުގައި ވަނީ 99 ނަންފުޅެވެ.
(އެ މާތް ދެ އަތުން ތިބާ މާތްﷲ ހަރާމް ކުރެއްވެވި ކަންކަން ކުރަން ހަމަ ބިރު ނުގަންނަނީ ހެއްޔެވެ. ނިކަން ވިސްނައިލަ ބަލާށެވެ.)
ތިބާގެ ކަނާއަތްތިލައިގައިވާ މައި 3 ނާރަށް ބަލައިބަލާށެވެ. ޢަރަބި ބަހުން ލިޔެވިފައިވަނީ 18 ނޫން ހެއްޔެވެ؟ ވައަތްތިލައަށް ނިކަން ބަލައިލަ ބަލާށެވެ. ލިޔެވިފައިވަނީ 81 ނޫން ހެއްޔެވެ؟ ދެއަދަދު އެއްކުރީމާ އަންނަނީ 99 ނޫން ހެއްޔެވެ؟
މިއީ މާތްﷲގެ 7 މުޢުއުޖިޒާތައް ބަޔާން ކުރަމުން މިޚަބަރުގައިވާ ވީޑިއޯގައި ބުނެދޭ އެއް ކަންތަކެވެ.
އިތުރު ކަމެއްގެ ގޮތުގައި އޮސްޓްރޭލިއާގައި މީހަކު ރުކޫއުގައި އޮންނަ ގޮތަށް ގަހެއް ހެދެމުން އެބަދާކަން ވަނީ ފާހަގަކޮށްފައެވެ. އެ ގަސް ހެދެމުން ދަނީ ޤިބުލައާއި ދިމާއަށް ކުރިމަތިވާ ކަމަށެވެ.
ސޫރަތުލް ޤަމަރު (ހަނދު) އިން ފެށިގެން ސޫރަތުއްނާސި އަށް ގުނައިފިނަމަ ވަނީ 1389 އާޔަތެވެ. ހިޖުރައިން 1389 ވަނަ އަހަރަކީ މީލާދީން 1969 އަހަރެވެ. އެއީ ހަނދުގައި ނީލް އާމްސްޓްރޯންގ ހިނގި އަހަރެވެ.
ބައްޕައަކާއި ނުލައި އުފަންވެވަޑައިގަތީ އާދަމްގެފާނާއި އީސާގެފާނެވެ. ދެބޭކަލުންގެ ނަންފުޅު ކީރިތި ޤްރްއާނުގައި ވަނީ 25 ފަހަރުއެވެ.
ކީރިތި ޤްރްއާނުން ހާމަވާ ބައެއް މުއުޖިޒާތްތައް ބަޔާންކުރާ މި ވީޑިއޯ ވިސްނުންތެރިކަމާއިއެކު ބަލައިލުން ރަނގަޅެވެ.
ގުޅުންހުރި ވީޑިއޯ: