ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަޢަދަދެއްގެ މެންބަރުން ޕީޕީއެމް އާއި ގުޅިއްޖެ

ކިޔުމަށް ހޭދަވާނީ 1މ
ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަޢަދަދެއްގެ މެންބަރުން ޕީޕީއެމް އާއި ގުޅިއްޖެ
ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަޢަދަދެއްގެ މެންބަރުން ޕީޕީއެމް އާގުޅިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވެރިކަންކުރާ ޕީޕީއެމް އިން ބުނީ މުޅިން އަލަށް 2696 އަށްވުރެ ގިނަ މެންބަރުން އެ ޕާޓީއާ މިއަދު ގުޅިފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި އަލަށް ގުޅުނު 2696 މެމްބަރުންގެ ފޯމުތައް ޕާޓީގެ މުސްތަޝާރު އަދި ރައީސް ޢަބްދުﷲ ޔާމީންއަބްދުލް ގައްޔޫމާ ވަނީ ޙަވާލުކޮށްފައެވެ.

ޕީޕީއެމްގެ ސެކްރެޓްރީ ޖެނަރަލް ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ރުހުންސަރުކާރަށާއި ޕާޓިއަށް ލިބެމުން އަންނަނީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިހިންގަވާ މަޝްރޫޢުތަކުގެ ސަބަބުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވީ އޭގެ ރަމްޒެއްގެ ގޮތުންފެންނަނީ ގިނަ ޢަދަދެއްގެ ރައްޔިތުން ޕީޕީއެމާގުޅޭ މަންޒަރު ކަމަށެވެ. އަދި ކުރީގައިއެޕާޓީއަށް ފޯމް ފުރާފައި ކޮންމެވެސްސަބަބަކާހުރެ އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ރަޖިސްޓަރީ ނުވާމެމްބަރުންވެސް ވަނުމަށް އެދެމުން އަންނަ ކަމަށެވެ.
މިއަދު އޮންލައިން