Y18 ސްޕޯޓްސް ފިއެސްޓާ ފެށުން ލަސްކޮށްފި- ފިއެސްޓާ މިހާރު ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީގައި

ކިޔުމަށް ހޭދަވާނީ 1މ 7ސ
Y18 ސްޕޯޓްސް ފިއެސްޓާ ފެށުން ލަސްކޮށްފި- ފިއެސްޓާ މިހާރު ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީގައި
Y18 ސްޕޯޓްސް ފިއެސްޓާ ފެށުން ލަސްކޮށްފި ކަމަށާއި މި ފިއެސްޓާ މިހާރު ފެށުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީގައި ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފިއެސްޓާ ލަސްކުރީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކަމަށެވެ. އެހެންވެ، މިދުވަސްވަރަކީ Y18 ސްޕޯޓްސް ފިއެސްޓާ ފަދަ ކުޅިވަރުގެ ބޮޑު މުބާރާތެއްބޭއްވުމަށް އެންމެ އެކަށީގެންވާ ދުވަސްވަރު ނޫން ކަމަށްވެސް ބުނެފައިވެއެވެ.

މުބާރާތުގެ ގުރުއަތުލުންއޮންނާނީ ޖެނުއަރީ މަހުގެ 12 ވާ އާދީއްތަ ދުވަހު ބާއްވާގޮތަށް މިހާރު ނިންމާފައިވާ އިރު، މުބާރާތް ފެށުމަށް ނިންމާފައިވަނީ ޖެނުއަރީ މަހުގެ 19 ވާ ބްރާސްފަތި ދުވަހުއެވެ.

ތިންބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފުރަތަމަ އޮންނާނީއަތޮޅު މުބާރާތެވެ. އަތޮޅު މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް15,000 ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ.

އަތޮޅު މުބާރާތްތަކުގެޗެމްޕިއަނުން ވާދަކުރާ ޒޯން މުބާރާތުގެ ކޮންމެ ޓީމަކަށް50,000 ރުފިޔާ އަދި ޒޯން މުބާރާތް ކާމިޔާބު ކުރާޓީމްތައް ކުޅޭ ބުރަށް ދާ ކޮންމެ ޓީމަކަށް100,000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ ބޭއްވުމަށް ކުރިން ނިންމާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އަދި މުބާރާތް ފެށުމަށް ކުރިން ތާވަލުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
މިއަދު އޮންލައިން