ދީނަކީ މާތްﷲ ބާވައިލެއްވެވި ދީނެވެ. އެ ދީނުގެ ބިންގާ ވަރަށް ވަރުގަދައެވެ. އެހެންކަމުން އެ ދީންތަކަކު އޮޅުން އަރައިގެން އުޅެންޖެހޭނެ ކަންތައްތަކެއް ނެތެވެ.
މައްސަލަތައް އުފެދެނީ އިންސާނުން އަމިއްލައަށް ކަންކަން އުފައްދައި އެއީ ދީނުގެ ބައަކަށް ހަދަން މަސައްކަތްކުރުމުންނެވެ.
މިސާލަކަށް އެއް ޖިންސުން ކައިވެނިކުރުމުގެ ހުއްދަ އޮތީ ކޮން ދީނެއްގައި ހެއްޔެވެ؟ އެއްވެސް ދީނަކު އެކަމުގެ ހުއްދައެއް ނެތެވެ. ނަމަވެސް މިއަދު މީސްތަކުން އެކަން ހުއްދަކޮށް ފައްޅިތަކުގައިވެސް ކައިވެނި އެބަ ކުރެއެވެ. ފައްޅިތަކަށް އެވަނީ ގޮތް ހުސްވެފައެވެ.
ވިސްނާށެވެ. ދީނުގެ ތެރެއަށް އަމިއްލައަށް އެއްވެސް ކަމެއް ވައްދައިފިނަމަ އެހިސާބުން އެ ދީނަކީ ދީނެއް ނޫނެވެ. އެކަމެއް ވާނީ މީސްތަކުންގެ އަމިއްލަ އުފެއްދުމަކަށެވެ. ދީނަކީ މީހަކަށް ހަމަ ހުރެފައި އުފެއްދޭ އެއްޗެއް ނޫނެވެ. އަދި ބައަކު އެއްވެލާފައިވެސް އުފެއްދޭ އެއްޗެއް ނޫނެވެ.
މީސްތަކުންނަށް މިހާރު ހުރިހައި ކަމަކީވެސް ފައިސާއެވެ. ބުއްދީގައި ފައިސާ، ފައިސާ ނޫން ހަމަ އެއްވެސް ކަމެއް ނުއޮވެއެވެ.
މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގެ އެދުން ބޮޑުވާތީއެވެ. އަބަދުވެސް އައު މަޝްރޫއުތައް ފަށަން ބޭނުންވާތީއެވެ. އައު މަޝްރޫއުތައް ތަޢާރަފްކުރަނީ ކާކުކަމަށް ހެއްޔެވެ؟ އެކަން ކުރަނީ ޝައިޠާނާއެވެ. އެއް އަހަރު ފެއިލްވެއްޖެނަމަ އަނެއް އަހަރު ހަމަ އެ މަޝްރޫއު ހިފައިގެން އަންނާނެއެވެ.
ނިކަން ވިސްނަބަލާށެވެ! އަންހެނަކު ބޭރަށް ދިއުމަށްޓަކައި ރީތިވެލަން މޫނުބަލާ ލޯގަނޑުގެ ކުރިމަތީގައި ވިއްސަކަށް މިނިޓް ހޭދަކުރެއެވެ. (ނަމާދުކުރަން ހޭދަކުރަނީ ކިތައް މިނިޓް؟)
ގުޅުންހުރި ވީޑިއޯ: