މިޔުޒިކަށް މާތްﷲ ދެއްވަވާފައިވާ އެއް ނަމަކީ "ޝައިޠާނާގެ އަޑު": މުފްތީ މެންކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މިޔުޒިކަށް މާތްﷲ ދެއްވަވާފައިވާ އެއް ނަމަކީ "ޝައިޠާނާގެ އަޑު": މުފްތީ މެންކު
މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވަނީ މިޔުޒިކަށް މާތްﷲ ދެއްވަވާފައިވާ އެއް ނަމަކީ "ޝައިޠާނާގެ އަޑު" ކަމަށް ދީނީ އިލްމުވެރިން ބަޔާން ކުރައްވަވާފައިވާ ކަމަށެވެ.

މުފްތީ މެންކް ވިދާޅުވީ އިބިލީހަށް މީސްތަކުން މަގު ފުރެއްދުމުގެ އިޚްތިޔާރު ދެއްވަވައި މާތް ﷲ ވަޙީކުރެއްވެވި ބަސްފުޅުގައި "ކަލޭގޮސް ކަލޭ ކުރާނެ ކަމެއް ކުރާށޭ. ކަލޭގެ އަޑުވެސް ބޭނުންކުރާށޭ." މާތްﷲ ވަޙީ ކުރެއްވެވި ކަމަށާއި އެ އާޔަތުގައި ބަޔާންކުރައްވަވާފައިވާ "ޝައިޠާނާގެ އަޑު" އެއީ މިޔުޒިކް ކަމަށް ދީނީ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.

އާދަމްގެފާނުގެ ދަރިކަލެއް (ޤާބީލު)ގެ ޤަބީލާ ކައިރިއަށް އިބިލީސް މީހަކަށް ހެދިގެން ގޮސް މިޔުޒިކް ދަސްކޮށްދިން ގޮތުގެ ވާހަކަ އާއި ޕާޓީކުރަން ފެށުނު ގޮތުގެ ވާހަކަ މުފްތީ މެންކް ވަނީ މި ދަރުސުގައި ބަޔާންކޮށް ދެއްވަވައިފައެވެ.

މުފްތީ މެންކް ވިދާޅުވީ މިޔުޒިކް ކުޅެން ފެށުމާއި އަޑުއަހަން ފެށުމާއިއެކު އިންސާނާ ކޮންޓްރޯލްކުރަން ފަށަނީ ޝައިޠާނާ ކަމަށެވެ. މިޔުޒިކާއި ގުޅިގެން ފުރަތަމަވެސް ކުރެވެން ފެށި ފާފައަކީ ފާހިޝް އަމަލުތައް ކުރުން ކަމަށެވެ.

އިބިލީސް މިޔުޒިކުގެ ދުވަސް ކަމަށް ހެދީ ހޮނިހިރު ދުވަހެވެ. މިއަދާއި ހަމައަށްވެސް މިޔުޒިކުގެ ހަރަކާތްތައް އެންމެ ގިނައިން ހިންގަނީ ޢާދީއްތަ ވިލޭރޭގައެވެ. މިޔުޒިކް މިހާރު ވަނީ ހަފްތާގެ ހުރިހާ ދުވަހަކު ހުރިހާ ވަގުތެއްގައި ހުރިހާ ތަނެއްގައި ކުރިއަށް ގެންދާ ޙަރަކާތަކަށްވެފައެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން