ވީޑިއޯ އިން ފެންނަ މީހާއަކީ ބްރިޓެންގެ ފުލުހެކެވެ. ކުރިން އޭނާއަކީ މުސްލިމެއް ނޫން ކަމުގައިވިޔަސް އިސްލާމްދީން ޤަބޫލު ކުރުމަށްފަހު، އޭނާގެ އެންމެ ފުރަތަމަ ނަމާދުގައި، އޭނާއަށް އިޙުސާސްކުރެވުނު ކަންތައްތައް އޭނާ ޙިއްސާ ކޮށްފައިވެއެވެ.
އޭނާ ބުނިގޮތުގައި، މުސްލިމަކަށްވުމަށްފަހު ވެސް، އިސްލާމްދީނުގެ މޫރިތި ކަމާއި މާތް ﷲ ގެ ކުޅަދުންވަންތަކަން ކުރިއަކުން އޭނާއަކަށް އިހުސާސެއް ނުކުރެވެއެވެ.
ނަމަވެސް އޭނާއަށް އެހުރިހާ ކަމެއް އިހުސާސް ކުރެވުނީ އެންމެ ފުރަތަމަ ނަމާދުކުރި ދުވަހު ސަޖިދަ ޖެހި ވަގުތުއެވެ. އެއީ އޭނާގެ އެންމެ ފުރަތަމަ ނަމާދެވެ. އެންމެ ފުރަތަމަ ސަޖިދައެވެ.
"އެންމެ ފުރަތަމަ ސަޖިދަޖެހި ވަގުތު، އަހަންނަށް ހުރިހާ ކަމެއްވެސް އިހުސާސް ކުރެވުނު. މުސްލިމަކަށްވުމުން ބާއްޖަވެރިއަކަށް ވެއްޖެކަން. އަހަންނަށް އެވަގުތު އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލެއް ނުކުރެވުން. ސަޖިދައިގާ އޮވެ ރޮވެން ފެށި.
ސަޖިދައިގާ އޮތް ވަގުތު، އަހަންނަށް އޮވެވުނީ މާތް ﷲ އާއި ވަރަށް ގާތުގައިކަން އަހަންނަށް އިހުސާސް ކުރެވުނު. އެއީ އެކަލާނގެއާއި އެންމެ ގާތް ވެވޭ ވަގުތުކަން ވެސް އަހަންނަށް އިހުސާސް ކުރެވުނު. އަދި އެއީ އަހަރެންގެ މުޅި ޙަޔާތުގައި ވެސް އަހަރެން ޖެހި އެންމެ ފުރަތަމަ ސަޖިދަ" ބްރިޓެންގެ އެފުލުސް މީހާ ކިޔާދިނެވެ.
އޭނާ ބުނިގޮތުގައި، މުސްލިމަކަށްވުމަށްޓަކައިކީ ޝަހާދަތުގެ މާނަވެސް އޭނާއަށް އިހުސާސްކުރެވުނީ އެވަގުތުއެވެ. ޝަހާދަތުގެ ދެކަލިމައަކީ ހަމައެކަނި ބަސްތަކެއް ނޫންކަން އޭނާއަށް އެނގުންކަމަށް އޭނާ ބުންޏެވެ.
ގުޅުންހުރި ވީޑިއޯ: