ޗެލްސީއާއި އެތްލެޓިކޯގެ ކުރިމަތިލުން އެއްވަރު - ޗެލްސީ ދެވަނަ ބުރަށް އެތްލެޓިކޯ ކަޓައިފި
ރޭ ޗެމްޕިއަންސް ލީގުގައި ގްރޫޕް ސީގައި ޗެލްސީއާއި އެތްލެޓިކޯ މެޑްރިޑްގެ ކުރިމަތިލުން 1-1 ގެ ނަތީޖާއިން އެއްވަރުވެ، ޗެލްސީ ދެވަނަ ބުރަށް ދަތުރުކުރި ނަމަވެސް އެތްލެޓިކޯ މުބާރާތުން ކަޓައިފިއެވެ.
ރޭގެ މެޗުގައި 56ވަނަ މިނެޓުގައި ސައުލްގެ ލަނޑުން އެތްލެޓިކޯ މެޗުގެ ފުރަތަމަ ލަނޑުން ލީޑު ނެގި ނަމަވެސް، 75ވަނަ މިނެޓުގައި އެތްލެޓިކޯގެ ޑިފެންޑަރު ސަވިޗްގެ އަތުން ބައިކޮޅަށް ގޯލްތެރެއަށް ވަދެގެން ޗެލްސީއަށް ނަތީޖާ ހަމަހަމަވެގެންދިޔައީއެވެ.
ރޭގެ މި ގްރޫޕްގެ ދެވަނަ މެޗުގައި ގަރަބަގްއާ ދެކޮޅަށް ރޯމާ ނުކުމެ ކުރިހޯދީ 0-1 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 56ވަނަ މިނެޓުގައި ރޯމާގެ ޕެރޮޓީއެވެ.
ރޭގެ މެޗުތަކުގެ ނަތީޖާއިން ރޯމާ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު 6 މެޗުން 11 ޕޮއިންޓް ލިބިގެން ދެވަނަ ބުރުން ޖާގައެއް ލިބިފައެވެ. ޗެލްސީ ވެސް ކުޅުނު 6 މެޗުން 11 ޕޮއިންޓް ލިބި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. އެތްލެޓިކޯއަށް ތިންވަނަ ލިބެނީ 7 ޕޮއިންޓާއެކުއެވެ. މި މުބާރާތުން ކެޓި ނަމަވެސް އެތްލެޓިކޯއަށް ޔޫރޮޕާ ލީގުން ޖާގައެއް ލިބެއެވެ.
ރޯމާއާއި ޗެލްސީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ މެންޗެސްޓާ ޔުނައިޓެޑް، ބަސެލް، ޕީއެސްޖީ، ބަޔާން، ބާސެލޯނާ، ޔުވެންޓަސް، މެންޗެސްޓާ ސިޓީ، ބެސިކްޓަސް، ޓޮޓެންހަމް، އަދި ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑެވެ.