ފަހަތުން އަރާ ސީއެސްކޭއޭ ބަލިކޮށް، ޔުނައިޓެޑް ދެވަނަ ބުރަށް

ކިޔުމަށް ހޭދަވާނީ 1މ 7ސ
ފަހަތުން އަރާ ސީއެސްކޭއޭ ބަލިކޮށް، ޔުނައިޓެޑް ދެވަނަ ބުރަށް


ެރޭ ޗެމްޕިއަންސް ލީގުގައި ގްރޫޕް އޭގެ މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރާ ސީއެސްކޭއޭ ގްރޫޕް އެއްވަނަ ލިބިގެން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނަގައި ކުރިހޯދީ ސީއެސްކޭއޭއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 45ވަނަ މިނެޓުގައި ވިޓީނިއޯއެވެ.

0-1 ގެ ނަތީޖާއިން ޔުނައިޓެޑް ފަހަތުގައި އޮވެގެން ފުރަތަމަ ހާފު ނިމުނު ނަމަވެސް، މެޗުގެ ދެވަނަ ހާފު ފެށިގެން ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް، ފުލުފުލުގައި ގިނަ ހަމަލާތަކެއް ފޮނުވައިލިއެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 64ވަނަ މިނެޓުގައި ރޮމޭލޫ ލުކާކޫ ލަނޑެއް ކާމިޔާބުކުރިއެވެ. އަދި އޭގެ ދެ މިނެޓު ފަހުން މާކޯސް ރެޝްފޯޑްގެ ލަނޑުން ޔުނައިޓެޑުން މެޗުގެ ލީޑު ހޯދިއެވެ.

މެޗު ނިމުނީ 1-2 ގެ ނަތީޖާއިން ޔުނައިޓެޑް މޮޅުވެގެންނެވެ.

މި މެޗުން މޮޅުވެގެން، ކުޅުނު 6 މެޗުން 15 ޕޮއިންޓް ލިބިގެން ޔުނައިޓެޑަށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މި ގްރޫޕްގައި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ އެފްސީ ބަސެލްއެވެ. ބަސެލްއަށް ކުޅުނު 6 މެޗުން 12 ޕޮއިންޓް ލިބުނެވެ. ސީއެސްކޭއޭއަށް ލިބެނީ 9 ޕޮއިންޓާއެކު ތިންވަނައެވެ. މި ގްރޫޕްގެ އެންމެ ފުލުން ބެންފިކާ ނިންމާލީ މޮޅެއް ވެސް ޕޮއިންޓެއް ވެސް ނުލިބިއެވެ.

މިއަދު އޮންލައިން