ޤްދްސްގެ ހިމާޔަތުގަ ރާއްޖެ އާ ދިވެހިން ނުކުތުމަށް ޑރ. ޝަހީމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޤްދްސްގެ ހިމާޔަތުގަ ރާއްޖެ އާ ދިވެހިން ނުކުތުމަށް ޑރ. ޝަހީމް ގޮވާލައްވައިފި
މުސްލިމުންގެ 3 ވަނައަށް އެންމެ މުހިންމު ބިނާ، މަސްޖިދުލްއަޤްޞާ ހުރި ފަލަސްޠީނުގެ ޖެރޫސަލަމުގެ ޙިމާޔަތުގައި ދިވެހި ރާއްޖެ އާއި ދިވެހިން ނުކުތުމަށް އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ މަސްޖިދުލްއަޤްޞާގެ ދިފާއުގައި ދިވެހިރާއްޖެ އިންނާއި ދިވެހި ރައްޔިތުން އަޑުއުފުލަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަލްޤުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަކީ އަލްމަސްޖިދުލްއަޤްޞާ ތަޅާލުމުގެ ފެށުން، އަދި އެއީ އިސްލާމީ އުންމަތާ ދެކޮޅަށް ހިންގާ އަމަލެއް." ކަމަށް ވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕުގެ ރިޔާސީ ވައުދަކަށް ހަދައި މުޅި އިސްލާމީ އުންމަތަށް ދޭން މަސައްކަތްކުރާ މި ބޮޑު ގެއްލުމާއި ދެކޮޅަށް ދުނިޔޭގެ ޢިލްމުވެރިން ގެންދަވަނީ އަޑު އުފުއްލަވަމުންނެވެ. ގިނަ ޤައުމުތަކަކުން ވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
މިއަދު އޮންލައިން