މާތް ﷲ ގެ ޙަޟްރަތުގަ އިތުރުކަން ބޮޑީ ހަށިގަނޑުގެ ބާރުގަދަ މީހާއެއް ނޫން- އީމާންކަން ވަރުގަދަ މީހާ- ދަރުސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މާތް ﷲ ގެ ޙަޟްރަތުގަ އިތުރުކަން ބޮޑީ ހަށިގަނޑުގެ ބާރުގަދަ މީހާއެއް ނޫން- އީމާންކަން ވަރުގަދަ މީހާ- ދަރުސް
މާތް ﷲ ގެ ޙަޟްރަތުގައި އިތުރުކަން ބޮޑީ ހަށިގަނޑުގެ ބާރުގަދަ މީހާއެއް ނޫނެވެ. އެމީހެއްގެ ހިތުގައި އީމާންކަން ވަރުގަދަ މީހާއެވެ.

މިކަން އޮޅުވާލައިގެން ގިނަ ބައަކު ވާހަކަ ދައްކައެވެ. ނަމަވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ މި ޙަދީޘްފުޅަކީ ލަފުޒީ މާނައަށްވުރެ މާދުރަށް ވިސްނަންޖެހޭ ޙަދީޘްފުޅެކެވެ. މި ޙަދީޘްފުޅުގައި "ވަރުގަދަ" އޮތް ބަސްފުޅަކީ ހަށިގަނޑުގެ ބާރުގަދަކަން ކަމަށް ބަލައި ނިންމައިލެވޭކަށް ނެތެވެ. އެއީ މާ މާނަ ފުން ބަސްފުޅެކެވެ.

މާތް ﷲ އެންމެ ބޮޑަށް ބައްލަވައި ވޮޑިގެންވަނީ ތިބާގެ ހިތަށެވެ. ހިތުގެ އީމާންކަމަށެވެ. އެންމެން މި މަސައްކަތްކުރަނީ އީމާންކަން ވަރުގަދަ ކުރުމަށެވެ. މާތް ﷲ އާއި އެންމެ ބޮޑަށް ގާތްވެގެންވަނީ އެންމެ އީމާންކަން ވަރުގަދަ މީހާއެވެ.

މިކަމަށް ބާރުލިބޭ އިތުރު ޙަދީޘްފުޅެއްވެސް އެބައޮތެވެ. "އެންމެ ބާރުގަދައީ އަތުގެ މުލައްދަޑީގެ ބާރުގަދަވެ އަނެކާ ބިންމައްޗަށް ވައްޓައިލާ މީހާއެއް ނޫން. ރުޅި އަންނަ ވަގުތު ކޮންޓްރޯލްކޮށް ރުޅިއަށް އަމަލުނުކުރާ މީހާ" ކަމަށް ވަނީ ޙަދީޘްފުޅު ކުރައްވައިފައެވެ. (އެގޮތަށް އެކަން ކުރެވޭނީ އީމާންކަން ވަރުގަދަ މީހުންނަށެވެ.)

މީސްތަކުންނޭވެ. މާތްﷲ އާއި ވީހައި ބޮޑަށް ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އެކަމަށް އޮތީ ހިތުގައި އީމާންކަން ވަރުގަދަކުރަން މަސައްކަތް ކުރުމެވެ.

ދަރުސް ދެއްވީ ޝައިޚް މުޢްތަސިމް އަލް ޙަމީދީ

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން