އަހަރެން އުފަންވީ ކްރިސްޓިއަނެއްގެ ގޮތުގައެވެ. އެދީނުގައި ދެމިހުންނަން ވަރަށް ގިނަ މަސައްކަތްތައް ކުރީމެވެ. ނަމަވެސް އެގޮތުގައި ނުހުރެވުނީ އެއީ ދޮގު ދީނެއްކަން އެނގުމުންނެވެ.
ވަރަށް ގިނަ ފައްޅިތަކަށް ދިއައިމެވެ. ދައްކާ ވާހަކަ އަޑުއެހީމެވެ. ޤަބޫލުކުރެވެނީ އެއްބައެވެ. ސުވާލު އުފެދޭ ބައިތަކާއިމެދު ސުވާލު ކުރީމާ ޖަވާބެއް ނުދެވެއެވެ. ދައްކަނީ ބައިބަލްގައި ހުންނަ ވާހަކަތަކެއް ނޫނެވެ. އުފައްދައިގެން ދައްކާ ދޯހަޅި ވާހަކަތަކެވެ.
ބައިބަލްގެ އެއްވެސް ތަނެއްގައި ޖީސަސް އަކީ ކަލާނގެ ކަމަކަށް ނެތެވެ. ކަލާނގެ ގެ ދަރިއެއް ކަމަކަށްވެސް ނެތެވެ. އޮތީ މޭރީގެ ދަރި ކަމަށެވެ. އެހެންކަމަށްވާއިރު ޖީސަސް އަކީ ކަލެއް ކަމަށް ނުވަތަ ކަލެއްގެ ދަރިއެއް ކަމަށް ބުނާ ސަބަބު ހަމަ އެކަކަށްވެސް އޮޅުންފިލުވައެއް ނުދެއެވެ.
ދިރާސާކުރަމުން ދަނިކޮށް އެނގުނީ ފައިނަލް މެސެންޖަރ، އެންމެ ފަހުގެ ނަބިއްޔާ ވަޑައިގަންނަވާނެ ކަމަށް ޖީސަސް ބުނެފައި އޮތްކަމަށެވެ. އެ ރަސޫލާ ހޯދުމުގެ މަސައްކަތް ފެށީމެވެ.
އެމަސައްކަތްތަކުގެ ތެރެއިން ކީރިތި ޤްރްއާން އެތައް ފަހަރަކު ދިރާސާ ކުރީމެވެ. އެނގި ޔަޤީންވީ އެ ރަސޫލާއަކީ، އެންމެ ފަހުގެ ރަސޫލާ އަކީ މުޙައްމަދު (ޞޢވ) ކަމެވެ. އެހިސާބުން އިސްލާމް ދީން އިޚްތިޔާރުކުރީއެވެ. މިއަދު އަހަރެންނަކީ އިސްލާމް ދީން މަތިވެރިކޮށް ނަޞްރު ދިނުމަށް މަސައްކަތްކުރާ މީހަކީމެވެ.
މީހުންގެ ފުރާނަދާ އެތައް މަންޒަރެއް ވަނީ ތަޖުރިބާ ކުރެވިފައެވެ. އެފަދަ ކޮންމެ ފަހަރަކު ވެސް ޔަޤީންކަން އިތުރުވަނީ އިންސާނުންގެ ނިކަމެތިކަމަށެވެ. އިންސާނުންނަކީ އެއްވެސް ބާރެއް ނެތް ބައެއް ކަމެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ފަރާތެއް ވާނެ ކަމެވެ.
އަހަރެން އަބަދުވެސް ދުޢާ ކުރަމުން އައީ ކަލަކު "ވޮޑިގެންވާނަމަ" އަހަރެންނަށް ތެދުމަގު ދެއްކެވުމަށެވެ. އެއިރު ކަލަކު ވޮޑިގެންވާކަން ޔަޤީނެއްވެސް ނުކުރެވެއެވެ. މިއަދު މިވަނީ ތެދުމަގު ފެނިފައެވެ. ހުރިހާ ޙަމްދެއް ވަނީ މާތް ﷲ އަށެވެ. މިއަދު މަސައްކަތް މިކުރަނީ މާތް ﷲ ނޫން ކަލަކު ނުވާކަން މިއަދު ދުނިޔެއަށް ސާބިތުކޮށްދޭށެވެ.
ޑރ. ލޯރެންސް ބްރައުން
ގުޅުންހުރި ވީޑިއޯ: