ފިލިޕް ފޮޑެން - މިހާތަނަށް ޗެމްޕިއަންސް ލީގު މެއްޗެއްގައި ކުޅުނު އެންމެ ޒުވާން އިނގިރޭސި ކުޅުންތެރިޔާ
ރޭ ޗެމްޕިއަންސް ލީގުގައި ޝަޚްތަރާ ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުތް މެޗުގައި ސިޓީގެ ފުރަތަމަ އެގާރާގައި ހިމެނުނު ފިލިޕް ވޯލްޓާ ފެޑެންއަކީ މިހާތަނަށް ޗެމްޕިއަންސް ލީގު މެޗެއްގައި ކުޅުނު އެންމެ ޒުވާން އިނގިރޭސި ކުޅުންތެރިޔާއެވެ.
އުމުރުން 17 އަހަރާއި 192 ދުވަހުގައި ފޮޑެން ރޭގެ މެޗަށް ކުޅެން ނުކުތްއިރު، ކުރިން އެ ރެކޯޑު އޮތީ 2010ވަނަ އަހަރު މާސެއިލްއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީއިން ކުޅެން އެރުވި ޖޯޝް މެކްއީޗްރޭން އަތުގައެވެ.
ފޮޑެން ވަނީ ނިމިގެންދިޔަ 17 އަހަރުން ދަށުގެ ވޯލްޑްކަޕްގައި، އޭނާގެ އިނގިރޭސި ޤައުމީ ޓީމާއެކު ތަށި އުފުލާލުމުގެ އިތުރުން އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދައިފައެވެ.