މާތް ﷲ ލޯބިފުޅުވާ އަޅެއް ދެކެ ލޯބިފުޅުވުމަށް ޖިބްރީލްގެފާނަށް އެކަލާނގެ ގޮވާލައްވާ

ކިޔުމަށް ހޭދަވާނީ 55ސ
މާތް ﷲ ލޯބިފުޅުވާ އަޅެއް ދެކެ ލޯބިފުޅުވުމަށް ޖިބްރީލްގެފާނަށް އެކަލާނގެ ގޮވާލައްވާ
ދީނީ ޢިލްމުވެރިއެއް ކަމުގައިވާ މުފްތީ އިސްމާއިލް މެންކް ދެއްވެވި ދަރުސެކެވެ.

މުފްތީ މެންކު އެދަރުހުގައި ބުނެފައިވެއެވެ.

"ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވިއެވެ. ކޮންމެ ފަހަރަކުމެ އެކަލާނގެ ހެއްދެވި އަޅެއްދެކެ އެކަލާނގެ ލޯބިފުޅުވާން ފެށުމުން، ޖިބްރީލް (އަލައިޙިއްސަލާމް) އަށް އެކަލާނގެ ގޮވާލައްވާނެއެވެ. އެކަލާނގެ ވަޙީ ކުރައްވާނެއެވެ. 'ޔާ ޖިބްރީލު އެވެ. ތިމަންރަސްކަލާނގެ މިވެނި އެވެނި އަޅެއްދެކެ ލޯބިވަމެވެ. އެހެންކަމުން ޖިބްރީލުގެފާނުވެސް އޭނާ ދެކެ ލޯބިވާށެވެ'.

އެހެންކަމުން ޖިބްރީލްގެފާނު ވެސް އެމީހަކު ދެކެ ލޯބިފުޅުވާން ފައްޓަވައެވެ. އަދި އެމީހަކު ދެކެ މާތް ﷲ ލޯބިފުޅުވެލައްވާ ކަމަށާއި އެހެންކަމުން އެމީހަކު ދެކެ ލޯބިފުޅުވުމަށް، އެކަލޭގެފާނު އެހެން މަލާއިކަތް ބޭކަލުންނަށް ވެސް ގޮވާލައްވައެވެ. އެހެން ހުރިހާ މަލާއިކަތް ބޭކަލުން ވެސް އެމީހެއް ދެކެ ލޯބިފުޅުވެ، އެލޯތްބާއިއެކު އެފަދަ މީހެއްގާތަށް ފައިބާ ވަޑައިގަންނަވައެވެ.

މާތް ﷲ އަހަރެން ދެކެ ލޯބިފުޅުވުމަށް އަހަރެމެން ދުޢާ ކުރަންވީ މިހެންވެއެވެ. އެއީ އަހަރެމެން ދެކެ މާތް ﷲ ލޯބިފުޅުވާނަމަ، އަހަރެމެންނަށްޓަކައި ނިޢުމަތާއި ބަރަކާތުގެ ދޮރުތައް ހުޅުވުނީއެވެ."

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން