މާތް ﷲ ގެ މަގުގައި ހޭދަކުރާނެ ފައިސާ އަތުގައި ނެތްނަމަ ފައިސާ އާއި ނުލައި ވެސް ޞަދަޤާތްކުރެވޭނެ މަގުތައް މާތްﷲ ވަނީ ފަހިކޮށްދެއްވާފައެވެ.
ޟުޙާ ނަމާދަކީ ޞަދަޤާތެކެވެ. ހިތްހެޔޮކަމާއިއެކު މީހަކަށް ހިނިތުންވެލުމަކީ ޞަދަޤާތެކެވެ. ބައްދަލުވާވަގުތު އިސްލާމް ދީނުގެ ސަލާމުން ސަލާމް ކުރުމަކީވެސް ޞަދަޤާތެކެވެ. ގެއިން ނުކުމެގެން ނަމާދަށް ދިއުމަށް އަޅާ ކޮންމެ ފިޔަވަޅަކީވެސް ޞަދަޤާތެކެވެ. މިފަދަ އެތައް ގޮތަކުން ޞަދަޤާތް ކުރެވިދާނެއެވެ. މިއިން އެއްވެސް ކަމެއް ކުރުމަށް އަތުން އެއްވެސް ފައިސާއެއް ހޭދަކުރާކަށް ނުޖެހެއެވެ.
އަޅުގަނޑުމެންގެ ކޮންމެ ގުނަވަނަކުންވެސް ޞަދަޤާތްކުރެވިދާނެއެވެ. މާތް ﷲ އަށްޓަކައި މާތް ﷲ އެންގެވި ގޮތުގައި ކުރާ ކޮންމެ އަޅުކަމަކީ ޞަދަޤާތެކެވެ. އޮތީ އެމީހަކަށް އެގުވަންތަކުގެ ބޭނުން ކުރަން ހަމަ ކެރުނު މިންވަރެކެވެ.
އަހަރެމެންގެ ބޭނުމަށް ކުރާ ކަންކަމަކީވެސް އަޅުކަމެވެ. މިސާލަކަށް އަނބިންނާއިއެކު ރޭ ކުރުމަކީ ވެސް އަޅުކަމެކެވެ. މާތް ﷲ އަންގަވާފައިވާ ގޮތުގައި ކައި ބޮއި ހެދުމަކީވެސް ހަމަ އަޅުކަމެވެ.
ހަމައެކަނި ކޮށްލަންޖެހޭ ކަމަކީ މާތް ﷲ އަންގަވާފައިވާ ގޮތުގައި އަމަލުތައް ބެހެއްޓުމެވެ. އެއިރުން ކުރިއަށް އެދެވެނީ މާތް ﷲ އެންގެވި ގޮތުގައެވެ. އާޚިރަތުގައި ދިންނެވުން ލިބޭނީ މާތް ﷲ އެންގެވި ގޮތުގައި އަމަލުތައް ބެހެއްޓީ މީހަކަށެވެ.