ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ މިހްރާބްކޮޅު ބޭނުންކުރާނީ ހަމައެކަނި
ދިގު މުއްދަތެއްގައި މަރާމާތުކުރުމަށްފަހު ހުކުރު ދުވަހު ބޭނުންކުރަން ފަށާފައިވާ، މަސްޖިދުއްނަބަވީގައި ހުންނަ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބޭނުންފުޅު ކުރެއްވެވި މިހްރާބްކޮޅު ބޭނުން ކުރާނީ "ބޮޑެތި" ނަމާދުތަކަށް ކަމަށް ބުނެފިއެވެ.
އެގޮތުން މިޙްރާބްކޮޅު ބޭނުންކުރާނީ ދެ އީދު ނަމާދަށާއި ހުކުރު ނަމާދަށް އަދި ރަަމަޟާން މަހުގެ ތަރާވީޙް ނަމާދާއި ދަމު ނަމާދަށް ކަމަށް ވަނީ ބުނެފައެވެ.
މި މީހްޜާބުކޮޅުގަައި މިދިއަ ހުކުރު ދުވަހުގެ ހުކުރު ނަމާދު އައްޝައިޚް ޢަބްދުﷲ ބިން ޢަލް ބައިޖާން ވަނީ ކުރައްވަވާފައެވެ. އެއިގެ ކުރިން އެ މިޙްރާބުކޮޅުގައި އިމާމްވެ އެންމެ ފަހުން ނަމާދު ކުރެއްވީ ހިޖުރައިން 1414 ވަނަ އަަހަރު އައްޝައިޚް ޢަލީ އަލް ހުޒައިފީއެވެ.