ބޭކާރު ދަތުރުތައް ހުއްޓާލާ! މަސައްކަތް ފަށަންވީ މިބިންމަތީގައިވާ ސުވަރުގޭގެ ހަމައެކަނި ބިންކޮޅަށް ދަތުރު ދިއުމަށް!
މިބިންމަތީގައި ސުވަރުގޭގެ ބިންކޮޅެއް އެބައޮތެވެ. ވަރަށް ކުޑަކުޑަ ބިންކޮޅެކެވެ. ބޮޑުމިނަކީ އެންމެ 22 މީޓަރުގެ ދިގުމިނާއި 15 މީޓަރުގެ ފުޅައު މިނެވެ.
މި ބިންކޮޅު އޮތީ އާއިޝަތުގެފާނުގެ ގަނޑުވަރުން ފެށިގެން މަސްޖިދުއްނަބަވީގައި ހުރި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ މިންބަރުކޮޅާއި ދެމދުގައެވެ.
މިއީ ތޯތޯ ވާހަކައެއް ނޫނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ. މި ބިންކޮޅަށް ދެވިފައިވާ ނަމަކީ ރަވްދާ އެވެ. މި ބިންކޮޅު މހާރު އޮތީ މަސްޖިދުއްނަބަވީގެ ސަރަހައްދުގެތެރޭގައެވެ. މިސްކިތްކޮޅުގެ ބައެއްގެ ގޮތުގައެވެ.
އަޅުގަނޑުމެންގެ މާލީ ތަނަވަސްކަން މާތްﷲ އިތުރުކުރެއްވެވުމުން ގިނަ ބައަކު ދަނީ ރިޒޯޓުތަކުގައި ޗުއްޓީތައް ހޭދަކުރަމުންނެވެ. އެކަމަށް ބޮޑެތި ކަރަދުތައް ކުރަމުންނެވެ. މިފަދަ ޗުއްޓީތަކަށް މަދުވެގެން 10،000 ރުފިޔާ ޚަރަދުކުރާ ކަމަށްވާނަމަ މިފަދަ 4 ދަތުރުގެ ޚަރަދުން ދެމަފިރިންނަށް ރަވްދާގައި މަޑުކޮށްލައި ނަމާދުކޮށްލައި މާތްﷲއަށް ސަޖިދަކޮށް ސަޖިދައިގައި އޮވެ މާތްﷲއަށް ދުޢާ ކޮށްލުމުގެ ފުރުޞަތު މިހާރު އެބަލިބެއެވެ.
ދުނިޔޭގެ އެތައް މިލިއަން މީހުން ކޮންމެ އަހަރަކު މި ފުރުޞަތުގެ ބޭނުން ކުރެއެވެ. ތިބާއަކީ އެއިގެ ތެރެއިން އެކަކު ކަމުގައިވުމަށް ނިޔަތް ގަނެ މަސައްކަތްފެށުން ކީއްތޯއެވެ!
ކޮންމެ ހަފްތާ ބަންދެއްގައި ތަފާތު ރިޒޯޓަަށް ދިއަ ނަަމަވެސް ޤިޔާމަތް ދުވަހުން އެކަމުގެ އެއްވެސް ފައިދާއެއް ތިބާއަކަށް ނުކުރާނެއެވެ. މުސްކުޅިވުމުން މަސްޖިދުއްނަބަވީއަށް ނުވަތަ ހައްޖަށާއި އުމުރާއަސް ދިއުމަށް ތިބާ ތިއަ މަޑުކުރަނީ މުސްކުޅިވަންދެން ދުނިޔޭގައި ހުރެވޭނެ ކަމުގެ ކިހައި ބޮޑު ޔަޤީންކަމެއް ތިބާއަށް އޮތުމުން ހެއްޔެވެ؟