އިސްލާމް ދީނުގައި ވިޔަފާރި ހުއްދައެވެ. ނަމަވެސް ހުއްދަވެގެންވަނީ ވަކި އިންތަކެއްގެ ތެރޭގައި ކުރުމުންނެވެ. ހުއްދަ މިންވަރަށް ފައިދާ ލައިގެން ވިއްކުމުންނެވެ.
އޮޅުވާލައިގެން ބޮޑު އަގުގައި ތަކެތި ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދިދާނެއެވެ. ނަމަވެސް އެކަމުގެ ސަބަބުން ތިބާއަށް އެއްވެސް ފައިދާއެއް ކުރާނީ މާތް ﷲ އެކަމުގައި ރުއްސަވައިފިނަމަ އެކަނިކަން ޔަޤީންކުރާށެވެ.
ބައެއް މީހުން ތަކެތީގެ އަގު ކިޔަނީ މީހާގެ މޫނަށާއި މުއްސަނދިކަމަށް ބަލައިގެންނެވެ. އެއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ވިޔަފާރިކުރުން ހުއްދަވެގެންވަނީ އެންމެންނަށް އެއް އޫޞޫލަކުންނެވެ.
މީހަކަށް ހެޔޮ އަގުގައި އެއްޗެއް ވިއްކައިފިނަމަ އެމިހަކު ތިބާއަށް ހެޔޮ ދުޢާކުރާނެއެވެ. އެއި ހާދަހައި މަތިވެރި ކަމެކެވެ. ތިބާއަށް މާތް ﷲ ގެ ރުއްސެވުން ލިބޭނެ ކަމެކެވެ. ތިބާކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވަވާނެ ކަމެކެވެ. ތިބާގެ ވިޔަފާރި އިތުރަށް ކުރިއަރައިދާނެ ސަބަބެކެވެ.
ހުއްދަ ނޫން ވިޔަފާރިންނާއި ހުއްދަ ނޫން ގޮތްތަކަށް ފައިސާ ހޯދައި އެއިގެ ބޭނުން ކުރުމުން ތިބާގެ މުލި ހަށިގަނޑު އެދަނީ ތަގައްޔަރުވެގެންނެވެ.
ހަރާމް ތަކެތީގެ މަސް ޖަހަމުންނެވެ. އެއީ ހާދަ ގެއްލުންހުރި ކަމެކެވެ.
ގުޅުންހުރި ވީޑިއޯ: