ނަމަވެސް މިއެކްސިޑެންޓުގައި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިއެކްސިޑެންޓު ހިނގީ އެންމެ ކުރީގަައި ދުއްވަމުން ދިޔަ ސައިކަލުގެ ކުރިއަށް ފަހަތުން އައި ސައިކަލެއް އަރަން އުޅެނިކޮށް ދެ ސައިކަލު ޖެހި ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލޮތައް ވެސް ގޮސް ޖެހުމުން ކަމަށް އެނގިފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރިން ފަސް ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވި ކަމަށާއި އެހެން ނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުވައްމުލަކު ސިޓީގައި އެކްސިޑެންޓެއް ވެގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 22:09 ގައި ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއްވާފައިވެއެވެ.