އެންމެ ގިނަ މީހުން ނަރަކައަށް ވަންނާނެ ދެ ކަންތަކަށް ސަމާލުވޭ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެންމެ ގިނަ މީހުން ނަރަކައަށް ވަންނާނެ ދެ ކަންތަކަށް ސަމާލުވޭ: މުފްތީ މެންކް
އެންމެ ގިނަ ބައަކު ނަރަކައިގެ އަލިފާންގަނޑުގެ ތެރެއަށް ވަންނާނެ ދެކަމެއް އެބައޮތެވެ. އެދެކަންތަކަށް ސަމާލުވުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ.

އެއްދުވަހަކު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ދެންނެވުނެވެ. ނަރަކައަށް ވަންނަން އެންމެ ގިނަ މީހުންނަށް ޖެހޭނީ ކީއްވެގެންތޯއެވެ؟ އެކަންކަން ވިދާޅުވެދެއްވާށެވެ. އެކަންކަމާއި ދުރުހެލިވާން އަޅުގަނޑުމެން ބޭނުމެވެ.

ޖަވާބުގައި ކައު އިތުރުު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެންމެ ގިނަ ބައަކު ނަރަކައަށް ވަންނަނީ ދުލާއި ޖިންސީ ގުނަވަނުގެ ސަބަބުން" ކަމަށެވެ.

ވިސްނާށެވެ. ތިބާގެ ކިބައިގައި ތަޤްވާވެރިކަން ހުރިނަމަ މިދެކަންތަކުން ސަލާމަތްވެވޭނެއެވެ. ތިބާގެ ކިބައިގައި އަޚްލާޤެއް ހުރިނަމަ ތިބާގެ ދުލުން އެހެން މީހަކަށް އަނިޔާއެއް ނުކުރާނެއެވެ.

ބައެއް މީހުން މި ގުނަވަންތައް ހިތުހުރި ގޮތަކަށް ބޭނުންކުރުމަށްފަހު ދިރިއުޅެންޖެހޭ މާހައުލު ކުށްވެރިކުރެއެވެ. އެއީ އެއްވެސް ހައްލެއް ނޫނެވެ.

އާޚިރަތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ. އާޚިރަތް އެދޭމީހާ ކެތްތެރިވާންޖެހެއެވެ. ކެތްތެރިންނަށް ޤިޔާމަތް ދުވަހުން ނިއުމަތްތައް މިންވަރުފުޅު ކުރައްވަވާނީ އެއްވެސް "ލިމިޓެއް" ނެތިއެވެ.

ހަޔާތް ކާމިޔާބުކުރެވޭނީ ކެތްތެރިވެގެންނެވެ. އެފަދަ އިން އެދޭމީހާއަށް އޮތް އެންމެ ޚާއްޞަ ދުޢާއަކީ (اهْدِنَا الصِّرَاطَ الْمُسْتَقِيمَ) އެވެ.

ސީދާވެގެންވާ ތެދުމަގު ދެއްކެވުން އެދި ކުރާއެވެ. ނަމާދުގެ ކޮންމެ ރަކްއަތެއްގައި މިދުޢާ ކުރަމުއެވެ. އޮތީ ދުޢާގައި ސާބިތުވުމެވެ. ސީދާ މަގުން ނޫނީ ކުރިއަށް ނުދިއުމެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން