މިއީ އެންމެ މާތް މާތް މަލާއިކަތާ ޖިބްރީލްގެފާނު، އެންމެ މާތް އިންސާނާ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ދެއްވެވި ނަޞޭޙަތްފުޅެކެވެ.
"ތިބާ ބޭނުން ގޮތަކަށް ދިރިއުޅޭށެވެ. ތިބާ އެންމެ ލޯބިވާ މީހުންވެސް ވެސް ގެއްލޭނެއެވެ. ތިބާ ލޯބިވާ ކޮންމެ އެއްޗެއް ތިބާއަށް ގެއްލޭނެއެވެ. ނުގެއްލި ދެމިހުންނާނީ ތިބާގެ އަމަލުތަކެވެ."
ވިސްނާށެވެ. ތިބާ މީހަކު ދެކެ ލޯބިވެދާނެއެވެ. ނަމަވެސް އެ ލޯބިވެރިޔާ ގެއްލިގެންދާނެއެވެ. ލޯބިވެރިޔާ މަރުވުމުންނެވެ. ނުވަތަ ތިބާ މަރުވުމުންނެވެ. ދެމީހުން ދުރުވެގެން ނަމަވެސް ކޮންމެވެސް އެއް ގޮތަކުން ގެއްލިގެންދާނެއެވެ.
ނުގެއްލި ތިބާ އާއިއެކު ދެމިހުންނާނީ ހަމައެކަނި ތިބާކުރި އަމަލުތަކެވެ. ތިބާ ކުރި އެންމެ އަމަލެއްވެސް ގެއްލިގެން ނުދާނެއެވެ. ޙައްޤު ޖަޒާ މާތް ﷲ ދެއްވަވާނެއެވެ. އެހެންވީމާ ވީހައި ގިނައިން ހެޔޮ އަމަލުތައް ކުރާށެވެ. އަރާމުގައި ތަންމަތީގައި ނިދަން ނުއޮންނާށެވެ. ހޭލާށެވެ. ދަމު ނަމާދުކުރާށެވެ. ތިބާގެ ބޭނުންތައް މާތް ﷲ އަށް ދަންނަވާށެވެ. ފާފަ ފުއްސެވުން އެދި ރޮއި އާދޭސްކުރާށެވެ.
ގުޅުންހުރި ވީޑިއޯ: