ޤިޔާމަތް ދުވަހު ނަރަކައިގައި 70 ޗޭނު ޖަހައި ޗޭނެއްގައި 70،000 މަލާއިކަތުން ތިއްބަވައިގެން ދަމައި ނަރަކަ ގެނެވޭނެއެވެ. އެކަމަށް ނަރަކަ ދެކޮޅު ހަދާނެއެވެ. ނަމަވެސް މަލާއިކަތް ބޭކަލުން އެކަން ކުރައްވަވާނެއެވެ. އެ މަންޒަރު ފެނިފައި ބިރުން ޒުވާނުން މުސްކުޅިވާނެއެވެ.
ނަރަކަ ގެނެވޭއިރު އެއިގެ ބޮޑުކަމުން މުޅިތަން ވާނީ ފުރައިލެވިފައެވެ. ސަލާމަތްކަން ލިބޭނީ ހަމައެކަނި ޞިރާޠުމަގުންނެވެ. އެނޫން ހުރިހާ ސަރަހައްދުތަކެއް ވާނީ ނަރަކައިން ފުރާލެވިފައެވެ.
ނަރަކައެވެ. ބުނެވޭ އަޑު އިވުނީމާ އެއީ މާތްﷲ އަށް އުރެދުނު މީހުން އެތަނުގައި އަންދައިލެވޭ ގަދަފަދަ އަޒާބުލިބޭ ތަނެއްކަން ެއެންމެންނަށްވެސް އެބައެނގެއެވެ.
މިމައުލޫމާތުން އެނގެނީ އެއީ ކިހަވަރެއްގެ ބޮޑު ބިޔތަނެއް ކަމެވެ. މަންޒަރު ފެނިފައި ޒުވާނުން މުސްކުޅިވަނީ ބިރުވެރިކަން ބޮޑުކަމުންނެވެ. މިއީ ޣައިބުގެ ޢިލްމުގައިވާ ކަންކަމެވެ. ޣައިބުގެ ޢިލްމުގައިވާ ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. މިކަންކަން މިއެނގެނީ މާތް ﷲ އަންގަވައިދެއްވެވުމުންނެވެ. މިކަންކަން މާތް ﷲ އަންގަވައިދެއްވަވާފައި މިވަނީ އެ ބޮޑު ނުރައްކައުތެރިކަމުން އަޅުގަނޑުމެންނަށް އަންގަވައިދެއްވަވައި އެބިރުވެރި ނަރަކައިގެ ނުރައްކަލުން ސަލާމަތްކޮށްދެއްވެވުމަށްޓަކައެވެ.
ވިސްނަވާށެވެ. މާތް ﷲ އަންގަވާފައިވަނީ މިކަންކަން ދަރިންނަށް އަންގައިދީ ދަރިން ތަރުބިއްޔަތުކުރުމަށެވެ. ތިއަބައި މީހުންނާއި ތިަބައިމީހުންގެ ދަރީންގެ ނަފުސުތައް ރައްކައުތެރިކުރުމަށެވެ. "ކޮންކަމަކުން ރައްކައުތެރިކުރަންވީ؟ އެ (ނަރަކައިގެ) އަލިފާނުން. އެތަނުގެ ދަރަކީ މީހުންނާއި ހިލަ. އެ ހިލައިގެ ބޮޑުމިން ތަޞައްވުރުވެސް ނުކުރެވޭނެ. ބައެއް ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި ދުނިޔޭގައި މިހުންނަ ފަރުބަދަތަކަށްވުރެ އެއިގެ އެނެމެ ހިލަގަނޑެއްވެސް ބޮޑުވާނެ."
ނަރަކައަކީ ރަޙްމްކުރަން އޮތްތަނެއް ނޫނެވެ. ނަރަކައިގައި އަޒާބު ދެއްވަވަން ތިއްބަވާނީ ބިޔަ ބޮޑެތި މަލާއިކަތުންނެވެ.
"ހެޔޮ ގޮތުގައި މަސައްކަތްކޮށްގެން ދުރުވެވޭނީ. އެރެދިގެން ތިބެ އެކަމެއް ނުކުރެވޭނެ." ކަމަށާއި މަސައްކަތްކުރަންވީ ނަރަކައިން ސަލާމަތްވުމަށެވެ. ބައެއް ބެލެނިވެރިން ދަރިން ރުއްސުމަށްޓަކައި މަސްތުވާތަކެތިވެސް އެބަ ހޯދައިދެއެވެ. މިއީ ކޮން ކަހަލަ ލޯތްބެއްތޯއެވެ.
މިއަދު އެފައިސާ ދެނީ ކުދިން ދެރަ ނުކުރުމަށެވެ. ނަމަވެސް މިދުނިޔޭގައި މިދެވެނީ ދެރައެވެ. ޢާޚިރަތުގައިވެސް ދެރައެވެ. އެކުދިންނަށް ކަންކަން ފަހިކޮށްދެވެނީ އާޚިރަތުގައި އަބާއްޖަވެރިއަކަށް ވުމަށެވެ.
ނަރަކައިގެ އަޒާބަށް އެއްވެސް މީހަކަށް ކެތެއް ނުކުރެވޭނެއެވެ. ދުނިޔޭގައި ބޭނުން މިކުރެވެނީ ނަރަކައިގެ އަލިފާނުގެ 70 ބައިކުޅަ އެއްބައި ހޫނުމިންހުރި އަލިފާނެވެ. އެއްވެސް މީހަކަށް ދުނިޔޭގެ އަލިފާނަށް އެކަނިވެސް ކެތްކުރެވޭ ހެއްޔެވެ؟
އޮތީ ނަރަކައިން ތިމާ އާއި އަނބިދަރިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ސަލާމަތްކަން އޮތް މިނޫން އެއްވެސް ގޮތެއް ފެންނާކަށް ނެތެވެ.
(އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން)
ގުޅުންހުރި ވީޑިއޯ: