އިންސާނީ ހައްޤުތަކުގެ ޤަރާރެއް އެކުލަވައިލަން އދ އަށް ޖެހުނީ އިންސާނީ ހައްޤުތައް ހިމާޔަތްކުރަން ކުރަންޖެހޭ ކަންކަން ދީންތަކުން ފެންނަން ނެތިގެން ނޫން ކަމަށާއި އަމިއްލަ ގޮތްތަކެއް ކުރިއަށް ނެރެން ކަމަށް އައްޝައިޚް އަހްމަދު ފަހްމީ ދީދީ ވިދާޅުވެއްޖެއެވެ.
މިރޭގެ ހުކުރު އުފާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ފަހްމީ ވިދާޅުވީ އިންސާނީ ހައްޤުތައް ކަމުގައިވެސް އިންސާނުންނަށް ކަންކަން ފެންނަނީ ވަކި މިންގަނޑެއްގެ ތެރެއިން ކަމަށާއި އިސްލާމް ދީނުގައި އިންސާނީ ހައްޤުތައް ބަޔާންކޮށް ދެއްވަވާފައިވަނީ އެންމެހައި ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ އެންމެހައި ތަކެތި އުފެއްދެވި މާތްﷲ ކަމަށްވުމުން އިންސާނީ ހައްޤުތައް އެންމެ ފުރިހަމައަށް ބަޔާންވެގެންވަނީ އިސްލާމް ދީނުގައި ކަމަށެވެ.
ޝައިޚް ފަހްމީ ވިދާޅުވީ އިންސާނީ ހައްޤުތައް ހިމާޔަތްކުރަން ކުރަންޖެހޭ ކަންކަން އިސްލާމް ދީނުގެ ދެ މަސްދަރުކަމަށްވާ ކީރިތި ޤްރްއާނުންނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުން ފެންނަން ހުރި ނަމަވެސް ކަންކަން ބޮއްސުންލައިގެން މިދަނީ އެއާއި އެއްގޮތަށް އަމަލުނުކުރެވިގެން ކަމަށެވެ. އެހެންކަމުން ކުރަންޖެހޭ ކަމަކީ އެކަންކަން ދަސްކޮށް އެއާއި އެއްގޮތަށް ޢަމަލުކުރުން ކަމަށެވެ.
ޝައިޚް ފަހްމީ ވިދާޅުވީ އިންސާނީ ހައްޤުތައް އެކި މިންވަރަށް އެކި ދީންތަކުގައިވެސް ބަޔާންވެގެންވާ ކަމަށާއި ނަމަވެސް އެކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވިފައިވަނީ ކަމަށެވެ.