އިސްލާމް ދީނަކީ ގަދަކަމުން ދީނަށް ވައްދާ ދީނެއް ނޫނެވެ. އިސްލާމް ދީނަށް ވަނުމަށް އެއްވެސް މީހަކަށް މަޖުބޫރުކުރުމެއް އިސްލާމް ދީނަކު ނެތެވެ. ހަމަ އެއާއިއެކު އިސްލާމް ދީނަކީ ވަދެވަދެފަ ނުކުމެވޭ ގޮތަށް އޮތް ދީނެއްވެސް ނޫނެވެ.
އިސްލާމް ދީނަށް ވަންނަ މީހުން އިސްލާމް ދީން ދުލެއް ނުކުރެއެވެ. ނަމަވެސް ވަރަށް މަދު ބައަކު މަޖުބޫރީ ހާލަތްތަކުގައި އެކަންކުރެއެވެ. އެގޮތަށް ދީނުން ނުކުންނަ ގިނަ ބައަކު އަނބުރައި އިސްލާމް ދީނަށް ވަދެއެވެ.
އިންސާނީ ހައްޤުތަކުގެ ވާހަކަ ދައްކާއިރު މިކަންކަން އެބަ އޮޅުވައިލައެވެ. އެންމެ ފުރިހަމައަށް އިންސާނުންގެ ހައްޤުތައް ހިމާޔަތްކުރެވިފައިވަނީ އިސްލާމް ދީނުގައެވެ. އެހެންކަމުން އިންސަނީ ހައްޤުތައް ޤާއިމުކުރަން އިންސާނުން އަމިއްލައަށް ހަދައިގެން އުޅޭ އުޞޫލުތަކުގައި އިސްލާމް ދީނުގައިވާ ގޮތާއި އެއްގޮތް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ނަމަވެސް ހުރިހާ ކަންކަން އެއްގޮތެއް ނޫނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ދީނީ މިނިވަންކަމުގެ މައްސަލައެވެ.
ދީނީ މިނިވަންކަމުގެ ވާހަކަތައް އެންމެ ބާރަށް ދައްކާ ފަރާތްތަކަށް އެކަންކަން ހަޖަމެއް ނުކުރެއެވެ. ޤައުމުތަކުގައި އިސްލާމް ދީން ކުރިއަރައިދާތީ ދީނީ އިލްމު ފަތުރުއްވަވަން ގަދައަޅުއްވައި މަސައްކަތްޕުޅު ކުރައްވަވާ ބައެއް ދީނީ ޢިލްމުވެރިންނަށް ވަނީ ބައެއް ޤައުމުތަކަށް ވަޑައިގަތުން މަނާކޮށްފައެވެ.
އިންޑިއާއަށް ނިޞްބަތްވެވަޑައިގަންނަވާ ޑރ. ޒާކިރް ނައިކަށް މިހާރު އެހުންނެވީ އަމިއްލަ ޤައުމަށް ވަޑައިނުގެންނެވިފައެވެ. އަމިއްލަފުޅު ޢާއިލާ އާއި ބައްދަލު ނުކުރެއްވެވިފައެވެ. ސައުދިއަރަބިޔާގެ ޙިމާޔަތް ހޯއްދަވަން ޖެހިވަޑައިގެންފައެވެ.
(އައްޝައިޚް ޢަލީ ޒާހިރު މިއަދުގެ މަޣްރިބް ނަމާދަށްފަހު ފްރްޤާން މިސްކިތުގައި ދެއްވި ދަރުސުން)