ޞިއްޙީ ގޮތުން ކުރިމަތިވާ ހާޓް އެޓޭކްތަކުގައި މީހުން މަރުވެއެވެ. ހަމައެފަދައިން މީހާ ފާފަކުރުމުން ހިތް މަރުވެއެވެ. އަހަރެމެންނަށް ސަލާމަތްކަމެއް އޮތީ ހިތް މަރުވިއަ ނުދީ ސާފު ގޮތުގައި ދަމަހައްޓަން މަސައްކަތްކޮށްގެންނެވެ.
ހިތަކީ އިންސާނާގެ އެންމެ މުހިންމު ގިނަވަނެވެ. ދުލާއި ސިކުނޑިއާއި ހިތް ވަނީ ގުޅިފައެވެ. ތިމާ ކުރާ ޢަމަލުތަކާއިވެސް ހިތް ވަނީ ގުޅިފައެވެ.
ތެދެކެވެ. އިންސާނާގެ ކަންކަން ކޮންޓްރޯލް ކުރަނީ ސިކުނޑިއެވެ. ސިކުނޑިއަށް ރަނގަޅު މަގު ދައްކައިދެނީ ހިތެވެ. ހިތް ތާހިރު ނޫން ނަމަ މީހާގެ އަމަލުތައް ނުތާހިރުވެއެވެ. ދުލަށް ބަލައިފިނަމަ ދޫ ރައްކައުތެރިކޮށްދީ ދުލުގެ ބޭނުން ރަނގަޅު ގޮތުގައި ހިފެނީވެސް ހިތް ތާހިރުކުރެވިގެންނެވެ.
ތިމާއަށް އަމަލުތައް ކުރަން ބުނެދެނީ ހިތެވެ. އެހެންކަމުން އިންސާނާގެ ހިތާއި އިންސާނާގެ ހުރިހާ އަމަލުތަކެއް މިވަނީ ގުޅިލާމެހިފައެވެ. ހިތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ބޭނުން ނަމަ ނުވަތަ ތިމާ ކުރާ އަމަލުތަކަކީ ރަނގަޅު އަމަލުތަކަކަށް ހަދަން ބޭނުންނަމަ ކުރަންޖެހޭ ކަމަކީ މާތް ﷲ ގެ މަތިން ގިނަގިނައިން ހަނދުމަ ކުރުމެވެ. މާތް ﷲ ގެ މަތިން ގިނަގިނައިން ހަނދުމަ ކުރުމަކީ ތަޤްވާވެރިކަން އިތުރުވާ ސަބަބެވެ.
ނަމާދަށް ސަފު ހަދަމުއެވެ. ސަފުތަކުގައި ތިބެންޖެހެނީ ޖެހިޖެހިގެންނެވެ. ސީދަލަށެވެ. ފަޔާއި ފައި ކޮނޑާއި ކޮނޑު ޖައްސައިގެން ތިބުމަކީ ހިތް ތާހިރުވާ ކަމެކެވެ. ނަމާދަށް ފަށަންވާނީ މާތް ﷲ އަށް ހިތް ފުރާލައިގެންނެވެ. ދުނިޔޭގައި ވާ ހުރިހާ އެއްޗަކަށްވުރެ، ތިމާގެ ހުރިހާ ތަކެއްޗަކަށްވުރެ މާތް ﷲ އަށް ލޯބިވާ ހިތަކާއިގެންނެވެ.
ކޮލޮސްޓްރޯލް ގިނަވީމާ ބޭސްކަމުއެވެ. ހަމައެފަދައިން ބިރުވެތިވާންވީ ތިބާގެ ހިތުގައި ހަސަދަވެރިކަން އިތުރުވެދާނެ ކަމަށްޓަކައެވެ. ތިބާގެ ހިތުގައި ހަސަދަވެރިކަން އުފެދިއްޖެނަމަ މުޅި ހިތް އެކަމުން ފުރާލައެވެ.
ހަސަދަ އާއި ނަފުރަތުން މީހާގެ ހިތް ފުރިއްޖެނަމަ އެމީހާގެ އަމަލުތައް ދާނީ ބާޠިލުވެގެންނެވެ. އެއްވެސް މީހަކާއިމެދު ހަސަދަވެރި ނުވާށެވެ. އެއްވެސް މީހަކަށް ނަފުރަތު ނުކުރާށެވެ. އެކަންކަމުގެ ސަބަބުން ތިބާއަށް މަގު ގެއްލި ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމަށްޓަކައެވެ.
ވިސްނާށެވެ. ޞަހާބީއަކަށް ދިރިހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދެއްވެވީ އެންމެ ސަބަކާއިހުރެއެވެ. ހިތްޕުޅުގެ ސާފުކަމުންނެވެ. އެއްވެސް މީހަކާއިމެދު އެއްވެސް ހިތްބުރަކަމެއް ނުބާއްވަވާތީއެވެ.
އީމާންކަން ވަރުގަދަކުރެވޭނީ ހިތް ތާހިރުކޮށްގެންނެވެ. އީމާންކަން ވަރުގަދަ ކުރެވޭނީ ސާފު ހިތެއް ލިބިގެންނެވެ. އެހެންކަމުން ދިންނެވުން އެދޭމީހާއަށް އެންމެ މުހިންމީ ހިތް ތާހިރުކުރުމެވެ.
ދުވާލަކު 5 ފަހަރު ނަމާދުކުރަމުއެވެ. ނަމާދުކުރަނީ ހިތް ތާހިރު ކުރުމަށެވެ. މާތް ﷲ މީސްތަކުންނަށް މުޞީބާތްތައް ކުރިމަތި ކުރައްވަވަނީ ވެސް ހިތް ތާހިރު ކުރެއްވެވުމުގެ ބޭނުމުގައެވެ. އޭނާ ސީދާ މަގަށް އެނބުރި އައުމަށް ބާރު އެޅުއްވެވުމަށެވެ.
ހިތް ތާހިރުކުރެވޭނެ ގޮތްތަކާއި އެކަމުގެ މުހިންމުކަން ޚަބަރުގައިވާ ވީޑިއޯގައި މުފްތީ މެންކް ވަނީ ބަޔާންކޮށްދެއްވަވައިފައެވެ.
ގުޅުންހުރި ވީޑިއޯ:
https://www.youtube.com/watch?v=ari3ebPS2Ug