ކޮންމެ މީހަކަށްވެސް ކުރެވޭ ކުށްތަކެއް ހުރެއެވެ. އެއީ ކުށެއް ކަމަށް ޤަބޫލުކުރެވޭއިރު ވެސް މެއެވެ. އެބައިމީހުންނަށް ވަނީ އެކަމުން ސަލާމަތް ނުވެވިފައެވެ.
މިފަދަ މީހުންނަށް ވަރަށް ރަނގަޅު ހައްލެއް ޝައިޚަކު ހޯއްދަވައިފިއެވެ. އެއީ ކުރާ ކޮންމެ ކުށަކާއި ވިދިގެން ވުޟޫކޮށް ދެ ރަކްޢަތް ނަމާދެއް ކުރުމެވެ.
ޝައިޚަށް މީހަކު ދެންނެވިއެވެ. އަޅުގަނޑަށް ކޮންމެ ދުވަހަކު އެތައް ފަހަރަށް އަންހެނުންނަށް އެބަ ބެލެއެވެ. މިކަމަށް ޙައްލެއް ހޯއްދަވައިދެއްވާށެވެ. ޝައިޚް ވިދާޅުވިއެވެ. ބަލަން ނުޖެހޭ ގޮތަކަށް ބެލޭ ކޮންމެ ފަހަރަކު ވުޟޫކޮށްގެން ދެ ރަކްއަތް ނަމާދެއް ކުރާށެވެ.
އެމިހާއަށް 5 ދުވަހުގެ ތެރޭގައި އެފަދަ ބެލުންތަކުން ސަލާމަތްވެވުނެވެ.
ދެވަނަ މީހަކު ދެންނެވިއެވެ. އަޅުގަނޑަށް މާގިނައިން ސިގިރޭޓް ބޮވެނީއެވެ. އެމިހާއަށް ވެސް ޝައިޚް ވިދާޅުވީ ކޮންމެ ސިގިރޭޓެއް ބުއިމަށްފަހު ވުޟޫކޮށްގެން 2 ރަކްއަތް ނަމާދެއް ކުރުމަށެވެ. އެގޮތަށް އެކަންކުރަން ފެށުމުން ދުވާލަކު 2 ފޮށި ސިގިރޭޓް ބޮމުން އައިމީހާއަށް ހަމަ 5 ދުވަހުގެ ތެރޭގައި އެކުގައި ހުއްޓައިލެވުނެވެ.
ޝައިޚް ވަނީ މިކަމާއި ބެހޭ ގޮތުން ފޮތެއް ވެސް ލިޔުއްވައިފައެވެ. އެފޮތް ކީ އެކަކީ އެއްވެސް ރެއަކު ފަތިސް ނަމާދަށް ހޭލެވޭ މީހެއް ނޫނެވެ. އޭނާ ނިޔަތް ގަތީ ފަތިސް ނަމާދަށް ނުހޭލެވިއްޖެނަމަ 50 ރަކްއަތް ކުރުމަށެވެ.
އެގޮތަށް އެކަން ކުރުމުން މިހާރު އޭނާއަށް ޤަވާއިދުން ހޭލެވެއެވެ. އިމާމާއަށްވުރެ ކުރިން އާދަކޮށް މިސްކިތަށްދާތީ މިހާރު އޭނާ އާއި ވަނީ މިސްކިތް ފަތިހު ހުޅުވަން ހަވާލުކޮށްފައެވެ.
މިހެން މިކަން މިވަނީ ކީއްވެގެން ހެއްޔެވެ؟ ކުށްތައް ކުރުވަނީ ޝައިޠާނާއެވެ. ނަމަވެސް ވުޟޫކޮށްގެން 2 ރަކްޢަތް ނަމާދެއް ކުރުމަކީ ޝައިޠާނާ މާބޮޑަށް ރުޅިއަންނަ ކަމެކެވެ. އެހެންވެ ކުށެއް ކުރަން ހިތަށް އަރުވާއިރަށް ޝައިޠާނާ އައިސް ބުނަނީ ތިއަކަންތައް ނުކުރުމަށެވެ. އެމީހާ ކުރަން އުޅޭ ކުށަށް ހުރަސްއަޅައިގެންވެސް 2 ރަކްޢަތް ނަމާދެއް ކުރިއަ ނުދެނީއެވެ. ކުށެއް ކުރުމަށްވުރެ ވުޟޫކޮށްގެން 2 ރަކްޢަތް ނަމާދެއް ކުރުމަކީ ޝައިޠާނާ މާ ރުޅިއަންނަ ކަމަކަށްވާތީއެވެ.
ގުޅުންހުރި ވީޑިއޯ: