މިއީ ގިނަ ބަޔަކު ވާހަކަ ދައްކަން ޖެހިލުންވާ މައުލޫއެކެވެ.
މިކަމާއި ގުޅޭގޮތުން ޔޫޓިއުބްގައި ވެސް ގިނަ ވީޑިއޯތަކެއް އުފައްދާފައެއް ނުވެއެވެ.
ދަރިފުޅު ބައިގެން ދިޔުމަކީ ކޮބާކަމާއިމެދު އިސްލާމް ދީނުގައި ބުނަނީ ކީކޭ ހެއްޔެވެ؟
އިސްލާމްދީނުގައި، ދަރިފުޅު ބައިގެން ދިޔުމޭ ކިޔަނީ ބަނޑަށް ހަތަރު މަހުގައި، ދަރިފުޅު ފައިބައިގެން ދިޔުމުންކަމަށް ޢިލްމުވެރިން ބުނެފައިވެއެވެ. އެއީ ބަނޑުގައި ދަރިފުޅު އޮންނައިރު، އެދަރިފުޅަށް ފުރާނަ އަޅުއްވާނީ، ރަޙިމުގައި ދަރިފުޅު އުފެދޭތާ 120 ދުވަސް ފަހުން ކަމަށްވާތީ އެވެ. ނަމަވެސް މިކަމުގައި ދީނީ އެކިއެކި ޢިލްމުވެރިންގެ ޚިޔާލު ތަފާތުއެވެ. އެއްބަޔަކު ބުނާގޮތުގައި ބަނޑަށް އެއްމަސް ފުރުމުން ހިތުގެ ވިންދު އުފެދެއެވެ. ހިތުގެ ވިންދު އުފެދިއްޖެނަމަ، އެހިސާބުން އެވަނީ ފުރާނަ އެޅުވިފައެވެ.
މާބަނޑުވެގެން ދިމާވާކަމެއްގެ ސަބަބުން، ތިމާގެ ދަރި ބައިގެން ގޮސްފިނަމަ، ގިނަ އަންހެނުންނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. ލިބޭ ހިތާމައެއްގެ ބޮޑުކަމުން ތިމާމީހާ އަށް މިހެންވީ ކީއްވެބާއޭ އެމީހުން ހިތައް އަރައެވެ.
ބައެއްފަހަރު މިހެންވުމުން، ފިރިމީހާ ވެސް އަނބިމީހާ ކުށްވެރި ކުރެއެވެ. އަދި އަނބިމީހާ އާއި ދިމާލަށް ހިތުގައިޖެހޭ ފަދަ ބަސްތައް ވެސް ބުނެއެވެ.
މިއީ ރަނގަޅު ގޮތެއް ނޫނެވެ. އަދި މިއީ އިސްލާމްދީން ބާރު އަޅާ ގޮތެއް ވެސް ނޫނެވެ.
ދުނިޔެއަކީ ވަގުތީ ތަނެއް ކަމާއި ކޮންމެ ކަމެއްވެސް ވާނީ އެކަލާނގެ އިރާދަފުޅާއިއެކު ކަން ޤަބޫލު ކުރަންވާނެއެވެ.
ދަރިފުޅު ބައިގެންދާ ވަގުތު ބަނޑަށް ކިތަންމެ ތަދުވި ކަމުގައި ވިޔަސް، އެއީ ވެސް އިމްތިހާނެއްކަން ދެނެގަންނަން ވާނެއެވެ.
އަހަރެމެން އިންސާނުންނަށް ވޭން އަޅާ ކިތަންމެ ކަމެއްގެ ސަބަބުން އަހަރެމެންގެ ނަފްސު އިތުރަށް ވަރުގަދަވެއެވެ. ފަހަރުގައި އެކަން އެހެން އެމެދުވެރިވީ، އެކަލާނގެ އަހަރެމެންނަށް އެއަށްވުރެ ރަނގަޅު ގޮތެއް މެދުވެރި ކުރައްވަންކަމަށް ވެދާނެއެވެ.
އަހަރެމެންނަށް ނޭނގުނު ކަމުގައި ވިޔަސް، އަހަރެމެންނާއިމެދު ވާހާ ހުރިހާ ކަމަކީ މާތް ﷲ އަހަރެމެންނަށް ދެއްވާ ނިޢުމަތެކެވެ.
ދަރިފުޅު ބައިގެން ގޮސް ގެއްލުމުގެ ސަބަބުން، މަސައްކަތް ކުރަންވާނީ ދެމަފިރިން އިތުރަށް ގާތް ކުރެވޭތޯ އެވެ. ދެމަފިރިން ބޮޑަށް ސަމާލުކަން ދޭންވާނީ އެކަކު އަނެކަކަށްޓަކައިވުމަށާއި އެކަކު އަނެކަކަށް ހިތްވަރު ދިނުމަށެވެ. މިއީ ދެމަފިރިންގެ ދެމެދުގައި އީމާންތެރިކަންވެސް އިތުރުވާ ކަމެކެވެ.
ދަރިން ބައިގެން ދިޔުމާއިމެދު ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާކަމަށް އަބޫ ހުރެއިރާ ވިދާޅުވިއެވެ.
"ދަތުރުވެރިއަކަށް ވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ބައިގެން ގޮސްފައިވާ ދަރިން މުހިންމުފުޅެވެ."