60 އަހަރު އަޅުކަންކުރުމަށްފަހު ވިދިވިދިގެން 6 ރޭ ޒިނޭކުރި މީހަކަށް ސުވަރުގެ ލިބުނު ގޮތުގެ ވާހަކަ- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
60 އަހަރު އަޅުކަންކުރުމަށްފަހު ވިދިވިދިގެން 6 ރޭ ޒިނޭކުރި މީހަކަށް ސުވަރުގެ ލިބުނު ގޮތުގެ ވާހަކަ- ޙަދީޘުން
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅުކުރެއްވެވިއެވެ.

ބަނީ އިސްރާއީލުންގެ މީހަކު މިސްކިތުގައި މާތް ﷲ އަށް އަޅުކަންކުރުމަށް 60 އަހަރު ހޭދަކުރިއެވެ. އެއަށްފަހު މިސްކިތުން ބައްދަލުވި އަންހެނަކާއިއެކު ގުޅުން ބަދަހިކުރަމުން ގޮސް ވިދިވިދިގެން 6 ރޭ ޒިނޭ ކުރިއެވެ.

އެ ހިސާބުން އޭނާއަށް މިކުރެވެނީ ބޮޑުފާފައެއްކަން ވިސްނި ތައުބާ ވުމަށް ނިޔަތްގަތެވެ. މިސްކިތް ދޫކޮށްފައި ނުކުމެގެން ދިއައެވެ. މާތް ﷲ އަށް ފިލަން ދެވޭނެ ތަނެއް ނުއޮންނާކަން އޭނާއަށް އެނގެއެވެ.

އެހެންވެ އޭނާ ދިއައީ އެހެން މިސްކިތަކަށެވެ. މިސްކިތުގައި އޭނާ 3 ދުވަސް ހޭދަކުރިއެވެ. ކުރެވުނު ބޮޑު ފާފަ އާއިމެދު ހިތާމަކުރުމުގައެވެ. ރޮއި އާދޭސް ދެންނެވުމުގައެވެ. އެ 3 ދުވަހުވެސް އޭނާ އެއްވެސް އެއްޗެއް ނުކައެވެ. ފެންފޮދެއްވެސް ނުވެއެވެ. ދެރަވެފައިހުރިވަރުން ހައިހޫނުކަން އިހްސާސްވެސް ނުވަނީއެވެ.

އޭނާ ނުކައި އިންނަތާ 3 ދުވަސްވެއްޖެކަން އެނގިގެން މީހަކު އޭނާއަށް ޕާނެއް ގެނެސްދިނެވެ. އަދި ކައިގެން އިންނަން ބުންޏެވެ. އެތަނުން ޕާންފޮތްޗެއް ނަގާފައި ދެފަޅިކޮށްލިއެވެ. އަދި ދެފަރާތުގައި ތިބި 2 މީހުންނަށް ދެފަޅި ދިނެވެ.

އެވަގުތު މަރުގެ މަލާއިކަތާ ވަޑައިގެން އޭނާގެ މަރުގެންދެވިއެވެ. މުސްލިމެއްގެ ގޮތުގައެވެ. މާތް ﷲ އޭނާގެ ތައުބާ ޤަބޫލުފުޅުކުރެއްވެވީއެވެ. ސުވަރުގެ ވެއްދެވީއެވެ.

ކީއްވެގެން ހެއްޔެވެ؟ މާތް ﷲ ބެއްލެވީ އޭނާ 60 ކުރި އަޅުކަމަށާއި އެހެން މީހުންނަށް އޭނާކޮށްދިން ހެޔޮ އަމަލުތަކަށެވެ. އަޅުކަންކުރުމަކުން އެކަނި ނުފުދެއެވެ. އެހެން މީހުންނަށް ރަނގަޅު ކަންތައްތައް ކޮށްދޭންޖެހެއެވެ.

ތައުބާވާން އޮތް އެންމެ ރަނގަޅު ގޮތަކީ އެހެން މީހުންނަށް އެނގުމުގެކުރިންނެވެ. ކުރެވުނީ ކުށެއްކަން ތިމާއަށް އަމިއްލައަށް ވިސްނިގެންނެވެ. އެފަދަ މީހުންގެ ތައުބާ މާތް ﷲ މާއަވަހަށް ޤަބޫލުފުޅު ކުރައްވަވައެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން