2022 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް ބަމިންހަމް ސިޓީގައި

ކިޔުމަށް ހޭދަވާނީ 1މ 13ސ
2022 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް ބަމިންހަމް ސިޓީގައި
2022 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް އިނގިރޭސި ވިލާތުގެ ބަމިންހަން ސިޓީގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކޮމަންވެލްތް ގޭމްސް ފެޑެރޭޝަން (ސީޖީއެފް) އުން 2022 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް ބާއްވަން ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށައަޅަން ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލުމުން، ބިޑަށް ހުށައެޅީ ވެސް ބަމިންހަމް ސިޓީއިން އެކަންޏެވެ.

ބިޑަށް އެންމެ ފަރާތުން ހުށައެޅުމާ ގުޅިގެން ސީޖީއެފްއިން ވަނީ ބިޑަށް ހުށައެޅުމުގެ ފުރުސަތު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްފައެވެ. އެހެން ނަމަވެސް، އެ މުއްދަތު ވެސް ފަހަނައަޅާ ދިޔައިރު، ބިޑަށް އިތުރު ފަރާތަކުން ހުށައަޅާފައި ނުވުމުން، 2022 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސް ބަމިންހަމް ސިޓީގައި ބާއްވާ ގޮތަށް ހަމަޖެހިގެން ދިޔައީއެވެ.

ބަމިންހަމް ސިޓީއިން ވަނީ މުބާރާތް ބޭއްވުމަށް 750 މިލިއަން ޕައުންޑް ޚަރަދުކުރަން ނިންމަވާފައެވެ. އެހެންވުމާއެކު ބަމިންހަމްގައި ބޭއްވޭ ކޮމަންވެލްތް ގޭމްސް ވެގެންދާނީ 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވުނު އޮލިމްޕިކްސް ގޭމްސްއަށް ފަހު، އިނގިރޭސި ވިލާތުގައި ބޭއްވޭ އެންމެ އަގުހުރި ކުޅިވަރު އީވެންޓަށެވެ.

ކޮމަންވެލްތް ގޭމްސްއަކީ ކޮމަންވެލްތްގައި ބައިވެރިވާ މެމްބަރު ޤައުމުތަކުގެ މެދުގައި ބާއްވާ ކުޅިވަރު ހަރަކާތްތަކާއި މުބާރާތްތައް ހިމެނޭ ބޮޑު އީވެންޓްއެވެ.
މިއަދު އޮންލައިން