ޗެލްސީ ސެމީއަށް ދަތުރުކުރިއިރު، ބްރިސްޓޯލުން ޔުނައިޓެޑް ކަޓުވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 19ސ
ޗެލްސީ ސެމީއަށް ދަތުރުކުރިއިރު، ބްރިސްޓޯލުން ޔުނައިޓެޑް ކަޓުވާލައިފި
ކަރަބައޯ އިންގްލިޝް ފުޓްބޯލް ލީގު (އީއެފްއެލް) ކަޕްގެ ސެމީ ފައިނަލަށް ޗެލްސީ ދަތުރުކުރިއިރު، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި ދެވަނަ ޑިވިޝަން ކުޅޭ ބްރިސްޓޯލް ސިޓީ އަތުން ޔުނައިޓެޑް ބަލިވީ 1-2 ގަ ނަތީޖާއިންނެވެ. މެޗުގެ 51 ވަނަ މިނެޓުގައި ބްރިސްޓޯލްގެ ޖޯއެ ބްރައިންގެ ލަނޑުން ލީޑު ނެގިއިރު، މެޗުގެ 58 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޒަލަޓަން އިބްރާހިމްމޮވިޗް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި މެޗުން ބްރިސްޓޯލް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ މެޗު ނިމެން ދަނިކޮށް އެ ޓީމުގެ ކޮރޭ ސްމިތްއެވެ.

މުބާރާތުގެ ސެމީއަށް ޗެލްސީ ދަތުރުކުރީ ކުއާޓާގައި 1-2 ގެ ނަތީޖާއިން ބޯންމައުތް ބަލިކޮށްގެންނެވެ. ޗެލްސީގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 13 ވަނަ މިނެޓުގައި ވިލިއަންއެވެ. މެޗުގެ ފަހު މިނެޓުގެ ތެރޭގައި ބޯންމައުތްގެ ޑޭން ގޮސްލިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ޗެލްސީގެ ސްޕެއިން ސްޓައިކަރު އަލްވާރޯ މޮރާޓާ ލަނޑެއް ކާމިޔާބުކޮށް، ޗެލްސީއަށް މުބާރާތުގެ ސެމީގެ ޖާގަ ކަށަވަރުކޮށްދިނެވެ.

މި މުބާރާތުގެ ސެމީގައި ޗެލްސީ ބައްދަލުކުރަން ޖެހޭނީ އާސެނަލްއާ ދެކޮޅަށެވެ. ބޯންމައުންތް ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާއެވެ. މި މުބާރާތުގެ ސެމީގައި ދެ ލެގް ކުޅޭނެއެވެ. ފުރަތަމަ ލެގްގެ މެޗުތައް އަންނަ މަހުގެ 9 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާއިރު، ދެވަނަ ލެގްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.
މިއަދު އޮންލައިން