ޗައިނާގެ ޒުވާން އަންހެން ވޮލީބޯޅަ ތަރި ރިޓަޔާވާން ވިސްނަނީ

ކިޔުމަށް ހޭދަވާނީ 1މ 26ސ
ޗައިނާގެ ޒުވާން އަންހެން ވޮލީބޯޅަ ތަރި ރިޓަޔާވާން ވިސްނަނީ
ޗައިނާގެ ޒުވާން އަންހެން ވޮލީބޯޅަ ތަރި ހުއި ރުއޮގީ ވަރަށް އަވަހަށް ކުޅުން ހުއްޓާލަން ވިސްނާކަމަށް އޭނާ ބުނެފިއެވެ.

އުމުރުން 26 އަހަރުވެފައިވާ ހުއި، އޭނާގެ މި ވިސްނުން ހާމަކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި 'ޗައިނާ ޓޮޕް ޓެން ބެނެފިޓިން ލައުރިއަސް ސްޕޯޓްސް ފޮ ގުޑް އިން ބެއިޖީންގް' އެވޯޑު ހަފުލާގައި ވާހަކަދައްކަމުންނެވެ. އެ ހަފުލާގައި ހުއިއަށްވަނީ 'މޮސްޓް ޕޮޕިއުލާ ފީމޭލް އެތްލީޓް' ގެ އެވޯޑު ކާމިޔާބުކޮށްފައެވެ.

"އަހަރެން ދާދި ފަހުން ވަނީ ކޯބްގެ ރިޓަޔަމެންޓް ހަފުލާ ފެނިފައި. އަދި ހަފުލާ ފެނިފައި އަހަރެންނަށް އިހުސާސްކުރެވުނީ އަހަރެން ވެސް އެކަމަށް ތައްޔާރުވާންވެއްޖެކަން. އަހަރެންގެ ކެރިއަރުގައި ދިމާވި ގިނަ އަނިޔާގެ މައްސަލަތަކުގެ ސަބަބުން އަހަރެން އެބަ ވިސްނަން އެކަމާ ދޭތެރޭ. އަދި އަހަރެންގެ ޢާއިލާއާއި ވޮލީ ސްޕްރީއާސްއާއެކު އެކަމާމެދު މަޝްވަރާކުރަމުން މި ދަނީ." ހަފުލާގައި ވާހަކަދައްކަމުން ހުއި ބުނެފައިވެއެވެ.

ހުއި ވަނީ 2010 ވަނަ އަހަރުގެ ތެރެއިން އޭނާގެ ކޮނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އަދި މިދިޔަ ދެ އަހަރު ތެރޭގައި ދެ ފަހަރު މަތިން ހިތުގެ ސާޖަރީއެއް ވެސް ކޮށްފައެވެ.

ހުއިގެ 10 އަހަރުގެ ކެރިއަރުގައި އޭނާ ވަނީ 2012 ވަނަ އަހަރުގެ ސަމާ އޮލިމްޕިކްސްގައާއި އޭޝިއަން ވިމެންސް ކަޕް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ބެސްޓް ސާވާގެ އެވޯޑް ހޯދައިފައެވެ. އަދި 2016 ވަނަ އަަހަރުގެ ސަމާ އޮލިމްޕިކްސްގައި ޗައިނާގެ ޤައުމީ ވޮލީ ޓީމަށް ގޯލްޑް މެޑަލް ގެނެސްދިނުމަށްޓަކައި މުހިންމު ރޯލެއް އަދާކޮށްފައެވެ.

ހުއި ދަނީ ޗައިނާގެ ނަންޖިންގް ނޯމަލް ޔުނިވާސިޓީގައި ހިއުމަން ސައިކޮލޮޖީ އޮފް ސްޕޯޓްސް ޑެކްޓޮރޭޓް ކޯހުގެ ތައުލީމް ހޯދަމުންނެވެ.

މިއަދު އޮންލައިން