ފަތިސް ނަމާދުން ފެށިގެން މެންދުރު ނަމާދާއި ހަމައަށް މާތްﷲ އަށް ޛިިކުރުމުން ލިބޭނެ ސަވާބު ލިބޭނެ ދުޢާއެއް!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ފަތިސް ނަމާދުން ފެށިގެން މެންދުރު ނަމާދާއި ހަމައަށް މާތްﷲ އަށް ޛިިކުރުމުން ލިބޭނެ ސަވާބު ލިބޭނެ ދުޢާއެއް!: ޙަދީޘް
ކައު އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަނބިކަނބަލުން ޖުވައިރިޔާ (ރޢ) އާއިއެކު ފަތިސް ނަމާދެއް ކުރެއްވެވިއެވެ.

ނަމާދު ނިމިވަޑައިގެން ނުކުމެވަޑައިގެންނެވިއެވެ. ގާތް ގަނަޑަކަށް އެއިގެ 6 ގަޑިއިރުފަހުން އެނބުރިވަޑައިގެންނެވިއެވެ. އެއިރުވެސް ޖުވައިރިޔާ (ރޢ) އިންނެވީ ފަތިސް ނަމާދު ކުރެއްވެވި މަޤާމުގައެވެ.

އެކަމަނާ އެތަނުގައި އިންނަވައި ކުރައްވަވަނީ ކީއްތޯ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ސުވާލު ކުރެއްވެވިއެވެ. ޖަވާބުގައި ޖުވައިރިޔާ (ރޢ) ވިދާޅުވީ މާތް ﷲ ގެ މަތިން ހަނދުމަފުޅު ކުރައްވަވައި ދުޢާ ކުރެއްވެވުން މަތީގައި އިންނެވީ ކަމަށެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތިމަން ކަލޭގެފާނު ވިދާޅުވި ދުޢާ ވިދާޅުވިން ހެއްޔެވެ؟ އެ ދުޢާ 3 ފަހަރު ވިދާޅުވިނަމަ ފަތިސް ނަމާދުން ފެށިގެން މެންދުރު ނަމާދާއި ހަމައަށް ތިއަ ތަނުގައި އިންނަވައި ޛިކުރު ކުރެއްވުމުން ލިބިވަޑައިގަންނަވާނެ މަތިވެރި ސަވާބު ލިބިވަޑައިގަންނަވާނެއެވެ.

(އަށްފަހު ޚަބަރުގައިވާ ފޮޓޯގައި އެވާ ދުޢާ ވިދާޅުވިއެވެ.) ދުލުން ކިޔައިލަން ވަރަށް ފަސޭހަ ކުރު ދުޢާއެކެވެ. ހިތުން ދަސްކޮށްލަންވެސް އެހައިމެ ފަސޭހައެވެ. ޚަބަރުގައިވާ ވީޑިއޯ އިން ދުޢާ އާއި މާނަ ދަސްކޮށްލެއްވުން (މިހާރު އެނގިވަޑައި ނުގަންނަވާ ނަމަ) ކީއްތޯއެވެ!

މިޢީ ޞަޙީޙް މުސްލިމްގައި ވާރިދުވެގެންވާ ޞަޙީޙް ޙަދީޘްފުޅެކެވެ. މި ޙަދީޘްފުޅަށް ބަލައި ބައެއް ރިވާޔަތުގައިވާ ގޮތުން މި ދުޢާ ކޮންމެ ވަގުތަކު ނަމަވެސް 3 ފަހަރު ކޮށްފިނަމަ 6 ގަޑިއިރު ޛިކުރުކުރުން ފަދައެވެ.

ގުޅުންހުރި ވީޑއޯ:
މިއަދު އޮންލައިން