ލިވަޕޫލްއާއި އާސެނަލްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ކިޔުމަށް ހޭދަވާނީ 1މ 25ސ
ލިވަޕޫލްއާއި އާސެނަލްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް
އިނގިރޭސި ޕްެރެމިއަރ ލީގުގައި ލިވަޕޫލްއާއި އާސެނަލްގެ ކުރިމަތިލުން ނިމުނީ 3-3 ގެ ނަތީޖާއިން ހަމަހަމަވެގެންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ދެ ޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަކާއެކު ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައެވެ. މެޗުގެ 29 ވަނަ މިނެޓުގައި ލިވަޕޫލްގެ ތަރި ފިލިޕޭ ކުޓީނިއޯގެ ލަނޑުން މެޗުގެ ފުރަތަމަ ލީޑު ނެގީ ލިވަޕޫލްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ލިވަޕޫލްގެ މުހައްމަދު ސަލާހުގެ ލަނޑުން ލިވަޕޫލަށް މެޗުގެ ލީޑު ފުޅާކޮށްދިން ނަމަވެސް އޭގެ މިނެޓެއް ފަހުން، މެޗުގެ 53 ވަނަ މިނެޓުގައި އާސެނަލްގެ އަލެކްސިސް ސަންޗޭޒް ލަނޑެއް ކާމިޔާބުކުރިއެވެ. އަދި މެޗުގެ 56 ވަނަ މިނެޓުގައި އާސެނަލްގެ ގްރަނިޓް ޝަކާ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އޭގެ ދެ މިނެޓު ފަހުން، މެޗުގެ 58 ވަނަ މިނެޓުގައި އާސެނަލްގެ މެސެޓް އޮޒިލް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އާސެނަލް ކޮޅަށް އަނބުރާލިއެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ލިވަޕޫލްގެ ރޮބާޓޯ ފަމީނިއޯ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އަލުން ކާމިޔާބުކުރިއެވެ.

މި މެޗުގެ ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 19 މެޗުން 35 ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އާސެނަލް ފަސްވަނައިގައި އޮތީ ކުޅުނު 19 މެޗުން 34 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި އޮތް ޗެލްސީއަށް ލިބެނީ ކުޅުނު 18 މެޗުން 38 ޕޮއިންޓްއެވެ. މެންޗެސްޓާ ޔުނައިޓެޑް ދެވަނައިގައި އޮތީ ކުޅުނު 18 މެޗުން 41 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 18 މެޗުން 52 ޕޮއިންޓް ލިބިގެން އެންމެ ކުރީގައި އޮތީ މެންޗެސްޓަރ ސިޓީއެވެ.

ލީގުގެ 19 ވަނަ މެޗުތަކުގައި ލެސްޓަރ ސިޓީއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނައިރު، ސިޓީ ދެން ނުކުންނާނީ ބޯންމައުތްއާ ދެކޮޅަށެވެ. ޗެލްސީ ބައްދަލުކުރާނީ އެވަރޓަންއާ ދެކޮޅަށެވެ.
މިއަދު އޮންލައިން