ހުކުރަށް ދިއަ ނަމަވެސް 3 ހުކުރު އެޅި ހިތުގައި ސިލް ނުޖެހޭކަން ޔަޤީން ނުކުރެވޭ ގިނަ ބައަކު ހުކުރަށްދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ހުކުރަށް ދިއަ ނަމަވެސް 3 ހުކުރު އެޅި ހިތުގައި ސިލް ނުޖެހޭކަން ޔަޤީން ނުކުރެވޭ ގިނަ ބައަކު ހުކުރަށްދޭ!
ޢާންމުކޮށް ކޮންމެ ދުވަހަކު ހުކުރަށްދާ މީހުން އެބައުޅެއެވެ. ނަމަވެސް އެމީހުން ހުކުރަށް ދަނީ އެންމެ ފަހު ވަގުތުއެވެ. ބައެއް މީހުން އިމާމާ ޚުޠުބާ ފަށާފަހުންނެވެ. ބައެއް މީހުން ނަމާދަށް ޤަމަތް ދިނުމުންނެވެ. އަނެއް ބައަކު ނަމާދަށް ފެށުމުންނެވެ.

އިމާމް މީހާ މެންބަރަށް އަރާވަޑައިގަތުމުން ހުކުރަށް ދާ މީހުންގެ ނަން ލިޔުއްވަވަން ތިއްބަވާ މަލާއިކަތް ބޭކަލުން އެބޭކަލުން ލިޔުއްވަވާ ފަތްކޮޅު ލިޔުއްވުން ހުއްޓަވާލައްވައި ޚުޠުބާ އަޑުއައްސަވަން ފަށްޓަވައެވެ. މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން ޔަޤީން ކަމެކެވެ.

މިކަމުން ޔަޤީންވަނީ އިމާމް މީހާ މެންބަރަށް އަރާވަޑައިގެން ޚުޠުބާ ފެށްޓެވުމުން ދެން ހުކުރަށް ދާމީހުންގެ ނަން އެދުވަހު ހުކުރަށް ދިއަ މީހުންގެ ނަންތައް މަލާއިކަތް ބޭކަލުން ލިޔުއްވެވި ލިސްޓުގައި ނުލިޔެވޭނެކަމެވެ.

އެހެންކަމުން އެފަދަ މީހުންނަށް އެދުވަހުގެ ހުކުރު ފުރިހަމަ ގޮތުގައި ލިބޭނެބާވައެވެ! އެފަދަ މީހުންނަށް އެދުވަހުގެ ހުކުރު ފުރިހަމަ ގޮތުގައި ލިބޭނެކަމާއިމެދު ސުވާލު ނުއުފެދޭތޯއެވެ! ފަހު ރަކްޢަތުގެ ރުކޫއުގެ ކުރިން ޖަމާއަތުގައި ބައިވެރިވެއްޖެނަމަ ނަމާދު ލިބޭނެއެވެ. ނަމަވެސް އެލިބެނީ ހުކުރުތޯ އަމިއްލައަށް ވިސްނާލައި ބިރުވެތިވުން ކީއްތޯއެވެ!

ޢާންމު ގޮތެއްގައި އެންމެ ފަހު ވަގުތު މިސްކިތަށް އަރާ މީހުން މަދުވާކަމަކަށް ނުފެނެއެވެ. މިސްކިތްތަކުގެ ބޭރު ބަލައިލުމުން ފެންނަނީ އިތުރުވަމުން އަންނަ މަންޒަރެވެ.

ވިދިވިދިގެން 3 ހުކުރު އަޅައިފިނަމަ އެމީހެއްގެ ހިތުގައި މާތް ﷲ ސިއްކަ ޖައްސަވައެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ. މާތްﷲ މީހެއްގެ ހިތުގައި ސިލް ޖައްސަވައި އީމާންކަން ނުވަންނަ ގޮތަށް ބަންދުކުރައްވައިފިނަމަ ދެން އެ ހިތަށް އީމާންކަން ވެއްދުވޭނީ ކާކަށް ހެއްޔެވެ؟

ތައުބާވެ އާދޭސް ދެންނެވުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް މިހާލަތަށް ތިމާ ވެއްޓެންޖެހޭތޯއެވެ! މިހާރަށްވުރެ 10- 15 މިނިޓް ކުރިން ހުކުރަށް ގޮސް މަލާއިކަތް ބޭކަލުންގެ ލިސްތުގައި ނަން ލިޔެލުމަކީ ކޮން ފަދަ ބޮޑު މަތިވެރިކަމެއްތޯއެވެ! ތިބާގެ ހިތުގައި ސިލްޖެހި ބަންދުނުވާކަމުގެ ޔަޤީންކަން ލިބިގަތުމަކީ ކޮންފަދަ ބޮޑު އުފަލެއްތޯއެވެ!

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން