މައިން ބަފައިން ކުރާ އެންމެ ބޮޑު ކުށާއިމެދު ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މައިން ބަފައިން ކުރާ އެންމެ ބޮޑު ކުށާއިމެދު ބިރުވެތިވޭ!
މުޖުތަމައުއަށް ބަލައިފިނަމަ އެންމެ ބޮޑު ކުށް ކުރާ ބައަކީ މައިން ބަފައިންނެވެ. މުޖުތަމައުގެ ގިނަ މައިންބަފައިން ވަނީ އެމީހުންގެ މަސްއޫލިއްޔަތާއިމެދު އިހްމާލުވެފައެވެ.

ފަތިސްވެއެވެ. ޢާންމު ގޮތެއްގައި ފަޖުރުލީންސުރެ އިރުއެރުމާއި ދެމެދު ލިބެނީ 100 މިނިޓެއްހައި އިރުގެ ވަގުތުކޮޅެކެވެ. އެ ވަގުތު ކޮޅުގައި ނިދީން ހޭލައި ފަތިސް ނަމާދުކުރަނީ ގޭގައި އުޅޭ އެންމެ މުސްކުޅިން ކަމަށް ވެއްޖެއެވެ. ގިނަ ބައަކު ތިބެނީ ނިދާފައެވެ. ކަމެއްވެގެން އުޅޭކަން ނުވެސް އެނގެއެވެ.

އެހެންކަމާއިއެކުވެސް ދަރިން ސްކޫލަށް ފުނުވަންޖެހޭ ވަގުތު ކައިރިވުމުން ގަޑިތައް ސޯނާވާން ފަށައެވެ. މުޅިގޭގައި ގުގުމަނީ ސޯނާގެ އަޑުތަކެވެ. މައިންބަފައިން ތެޅި ފޮޅެނީ ދަރިން ސްކޫލަށް ނުފޮނުވިގެންނެވެ. ގަޑިޖެހިދާނެތީއެވެ. ވަޒީފާއަށް ދާ މީހުންވެސްމެއެވެ.

ސްކޫލަށްވެސް ދާންޖެހެއެވެ. ކުދިން ސްކޫލަށް ފޮނުވަންޖެހެއެވެ. ވަޒީފާއަށްވެސް ދާންޖެހެއެވެ. ނަމަވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ނަމާދަށެވެ. ނަމާދުގެ ވަގުތުގައި ނަމާދުކުރުމަށެވެ.

ނަމާދުގެ ވަގުތުގައި އިސްލާމް ދީނުގައި ބަޔާންވެގެންވާ އުޒުރެއް ނެތި ނަމާދުއެޅުމަކީ އެންމެ ބޮޑުފާފައެވެ. މީހުން މެރުމަށްވުރެވެސްމެއެވެ. ބަނގުރާ ބުއިމާއި ޒިނޭ ކުރުން ފަދަ ބޮޑެތި ފާފަތަކަށްވުރެވެސް މެއެވެ. އެއްވެސް ދީނީ ޢިލްމުވެރިއަކު މިކަން ދޮގެއް ނުކުރައްވާނެއެވެ. ހުރިހާ އިލްމުވެރިން މިކަމަށް އިއްތިފާޤްވެވަޑައިގަންނަވައެވެ.

މި ބޮޑު ޖަރީމާ ހިންގުމުގައި އެންމެ ބޮޑަށް ފޭލްވެފައިވަނީ މައިން ބަފައިންނެވެ. ދަރިންގެ ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދޭތީއެވެ.

(ވަޒީފާ އަދާކުރާ މީހުން ވިސްނައިލާށެވެ. ބޮސް ދެކެ އެބަ ބިރުގަންނަމުއެވެ. ގަޑިއަށް އޮފީހަށް އެބަދަމުއެވެ. މާތް ﷲ ގެ ޙައްޤު ކޮބައިހެއްޔެވެ؟ ބިރުގަންނަންވީ ބޮސް ދެކެހެއްޔެވެ؟ މާތް ﷲ ދެކެ ހެއްޔެވެ؟ ރިޒުގު ދެއްވަނީ ބޮސް ހެއްޔެވެ؟ މާތް ﷲ ނޫން ހެއްޔެވެ؟)

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން