ކްރިސްމަސް ފާހަގަކުރުމަކީ މާތްﷲ ބާވަވައިލައްވަވާފައިވާ އިލާހީ ޝަރީޢަތް ޤަބޫލުކުރާ ބައަކަށް ހުއްދަ އަދި ހުއްދަކުރެވޭނެ ކަމެއް ނޫނެވެ.
ކްރިސްޓިއަނުން ޤަބޫލުކުރާ ގޮތުގައި ޖީސަސްއަކީ ގޯޑް މޭރީ މެދުވެރިކޮށް އުފައްދާފައިވާ ގޯޑެކެވެ. އެކަން ޤަބޫލުކުރަންޖެހޭނެ ކަމަށް ކްރިސްޓިއަނުން މިއަދުވެސް އެދަނީ ބުނަމުންނެވެ.
ހުޅަނގުގެ ގާނޫނަކީ އެމީހުން ބޭނުންހައި ގޮތަކަށް ބަދަލުކޮށްލާ އެއްޗެކެވެ. ތޮފި އަޅައިގެން މަގުމަތީގައި އުޅުމަކީ މާދަމާއިން ފެށިގެން މަނާ ކަމެއް ކަމަށް އެމީހުން ކަނޑައެޅީމާ އެމީހުންނަށް އެކަން އެ ނިމުނީއެވެ.
މުސްލިމުންނަކީ އެގޮތަށް އެކަން ކުރެވޭނެ ބައެއް ނޫނެވެ. މުސްލިމުންނަކީ މާތް ﷲ ބާވައިލައްވަވާފައިވާ ޝަރީއަތާއި އެއްގޮތަށް އަމަލުކުރަންޖެހޭ ބައެކެވެ. މާތް ﷲ ގެ ޝަރީޢަތް ނަގަހައްޓައި ދަމަހައްޓަންޖެހޭ ބައެކެވެ. އެހެންކަމުން ހުޅަނގުން ކުރާ އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ކުރުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫނެވެ.
ގުޅުންހުރި ވީޑިއޯ: