ވޯޓުގެ ނަތީޖާ އޮޅުވައިލެވޭނެ ކަމަށް ޤަބޫލު ނުކުރުމަށް ޙަސަން ލަޠީފް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ވޯޓުގެ ނަތީޖާ އޮޅުވައިލެވޭނެ ކަމަށް ޤަބޫލު ނުކުރުމަށް ޙަސަން ލަޠީފް ގޮވާލައްވައިފި
އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ދޭ ވޯޓުގެ ނަތީޖާ އެއްވެސް ބައަކަށް އޮޅުވައި ލެވޭނެކަމަށް ޤަބޫލުނުކުރުމަށް ޤާނޫނީ ވަކީލް ޙަސަން ލަޠީފް ގޮވާލައްވައިފިއެވެ.

ޙަސަން ލަޠީފް ރޭ ވިދާޅުވީ އިންތިޚާބުގެ ކަންކަން ބޭރުގެ ފަރާތްތަކުންވެސް ވަރަށް ގާތުން ބަލަހައްޓާނެ ކަމަށާއި ވޯޓު އޮޅުވައިލުން ފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ކޯޓުން ނެރޭ ޙުކުމަކުން ވެސް ނަތީޖާ ބަދަލު ނުކުރެވޭނެ ކަމަށެވެ.

ޙަސަން ލަޠީފް ވިދާޅުވީ ރާއްޖެއަށް ވާނެ ގޮތެއް ވުމަށް ބޭރުގެ ފަރާތްތަކުން ދޫކޮށްނުލާނެ ކަމަށާއި ރާއްޖޭގައިވެސް ކަންކަން ހިނގަމުން ދަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކުންކަން ބޭރުގެ ފަރާތްތަކުން ކަށަވަރުކުރާނެ ކަމަށެވެ. އަދި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އިއްޔެ ވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވެއްދުމަށް މަސައްކަތް ނުކުރުމަށް ގޮވާލައްވައިފައެވެ.

ޕީޕީއެމުން ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިކާބާއި ގުޅުވައިގެން ވެސް ވޯޓު އޮޅުވައިލާނެ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ދެއްކި ކަމަށާއި ނަމަވެސް ވޯޓުގެ ކަންތައްތައް ހިނގައި ދިއައީ ރަނގަޅަށްކަން އެނގުމުން އެފަދަ އެއްވެސް ވާހަކައެއް ފަހުން ނުދައްކާ ކަމަށެވެ.
މިއަދު އޮންލައިން