ނޯޓު ފޮތެއްގައި ކަލިމަކޮޅެއް ނޯޓުކޮށްލައިގެން ނަމާދުކުރުމުން ލިބުނު ހިތް ހަމަޖެހުން ދުވަހަކުވެސް ނުލިބޭ: ޖޯޝީ އެންޖަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ނޯޓު ފޮތެއްގައި ކަލިމަކޮޅެއް ނޯޓުކޮށްލައިގެން ނަމާދުކުރުމުން ލިބުނު ހިތް ހަމަޖެހުން ދުވަހަކުވެސް ނުލިބޭ: ޖޯޝީ އެންޖަލް
"މިސްކިތުގައި ޝަހާދަތް ކިޔައި އިސްލާމްވުމަށްފަހު ގެއަށް ގޮސް އެންމެ ފުރަތަމަ ކުރި ކަމަކީ ގިޓާ ހަލާކުކޮށްލުމެވެ. އަަހަރެންނަކީ ލަވައާއި މިޔުޒިކަކީ ހުރިހާ އުފަލެއް ކަމަށް ޤަބޫލުކޮށް އެއާއި ނުލައި ދިރި ނުއުޅެވޭނެ ކަމަށް ޤަބޫލުކުރި މީހެކެވެ. ލަވަ އާއި މިޔުޒިކުން ހުރިހާ ހިތްހަމަޖެހުމެއް ހޯދަމުން އައި މީހެކެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ނޯޓު ފޮތެއްގައި މަދު ކަލިމަކޮޅެއް ނޯޓުކޮށް އެ ބަލައިގެން ނަމާދުކުރުމުން ލިބުނު ހިތް ހަމަޖެހުން ހަޔާތުގައި ދުވަހަކުވެސް ލިބިފައެއް ނުވެއެވެ. އެއްވެސް ލަވަޔަކުން ނުވަތަ ރާގަކުން އެފަދަ ބޮޑު ހިތްހަމަޖެހުމެއް ނުލިބެއެވެ."

"އިސްލާމް ދީނަށް ވަނުމުން ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އެއްވެސް ކަމަކާއި ގުޅިގެން އެހީއަށް އެދި ދެވަނަ މީހެއްގެ ގާތަށް ދާން ނުޖެހޭ ކަމެވެ. ކޮންމެ ކަމެއްގައިވެސް ސީދާ މާތް ﷲ އާއި މުޢާމަލާތުކުރެވޭ ކަމެވެ. ކުށެއް ކުރެވުނު ނަމަވެސް މަޢާފަށް އެދި ސީދާ މާތް ﷲ އަށް ދެންނެވޭ ކަމެވެ."

ޖޯޝް އެންޖަލް އަކީ މިޔުޒިކާއި ލަވަކިޔުމަށް ދެވިހިފާފައި ހުރި ޒުވާނެކެވެ. ގިޓާއަކާއި ނުލައި ދިރިއުޅެން އުނދަގޫ ކަމަކަށްވެފައި ހުރި ޒުވާނެކެވެ. ދުއްވާ ކާރުގައިވެސް ގިޓާއެއް ބާއްވައިގެން އުޅުނު ޒުވާނެކެވެ.

ޖޯޝީ އިސްލާމްވުމަށްފަހު އޭނާ ވެފައިވަނީ އެހެން މުސްލިމުންނަށް ނަމޫނާއަކަށް ވެފައެވެ. އޭނާގެ ރިވެތި އަޚްލާޤްގެ ސަބަބުން ގިނަ ބައަކަށް ދަނީ އިސްލާމް ދީނުގެ މަތިވެރިކަން އެނގެމުންނެވެ.

ޖޯޝީ ބުނާގޮތުން އެންމެ ބޮޑު މައްސަލައަކަށްވަނީ އިސްލާމް ދީނަކީ މުސްލިމުންގެ ނަމުގައި ބައަކު ހިންގާ ހަރުކަށި އަމަލުތައް ކަމަށެވެ. އޭނާ އިސްލާމް ވުމުންވެސް ޢާއިލާއިން އެންމެ ބޮޑަށް ކަންބޮޑުވީ އޭނާއަކީ ޖާނުންފިދާވެދާނެ މީހަކަށްވެދާނެ ކަމެވެ.
މިއަދު އޮންލައިން