ޖެހިޖެހިގެން 18 މޮޅު- ސިޓީއަށް 15 ޕޮއިންޓްގެ ލީޑެއް

ކިޔުމަށް ހޭދަވާނީ 42ސ
ޖެހިޖެހިގެން 18 މޮޅު- ސިޓީއަށް 15 ޕޮއިންޓްގެ ލީޑެއް
އިނގިރޭސި ޕްރެމިއާ ލީގުގައި ނިއުކާސަލް ބަލިކޮށް، މެންޗެސްޓާ ސިޓީއިން ލީގުގައި ޖެހިޖެހިގެން 18 މޮޅު ހަމަކޮށްފިއެވެ.

ނިއު ކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުން ސިޓީއިން މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 31 ވަނަ މިނެޓުގައި ރަހީމް ސްޓާލިންެއެވެ.

ރޭގެ މޮޅާއެކު، ސިޓީ ވަނީ ލީގު ތާވަލުގެ ދެވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު އޮތް ފަރަޤު 15 ޕޮއިންޓަށް ފުޅާކޮށްފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 20 މެޗުން 58 ޕޮއިންޓް ލިބިގެންނެވެ. ޔުނައިޓެޑަށް ލިބިފައިވަނީ ކުޅުނު 20 މެޗުން 43 ޕޮއިންޓްެއެވެ.

ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ސައުތްހެމްޓަންއާއެވެ. އަންނަ އާދީއްތަ ދުވަހުގެ ހަވީރު ސިޓީ ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ.
މިއަދު އޮންލައިން