ދުނިޔޭގެ ފުޓުބޯޅަ ތާރީޚުގައި ޑިފެންޑަރަކު ގަންނަން މިހާތަނަށް ދައްކާ އެންމެ ބޮޑު އަގުގައި ސައުތްހެމްޓަންގައި ސެންޓްރަލް ޑިފެންސްއަށް ކުޅޭ ނެދަލޭންޑްގެ ވާޖިލް ވެންޑައިކް ގަންނަން ލިވަޕޫލްއާއި ސައުތްހެމްޓަންއާ ދެމެދު އެއްބަސްވެއްޖެއެވެ.
26 އަހަރުގެ ވެންޑައިކް ގަންނަން ސައުތްހެމްޓަންއަށް ލިވަޕޫލުން ހުށައެޅި އަގަކީ 75 މިލިއަން ޕައުންޑްއެވެ. މީގެ ކުރިން ފުޓުބޯޅައިގެ ޓްރާންސްފާ ބާޒާރުގައި އެންމެ ބޮޑު އަގަކަށް ގެނެސްފައިވާ ޑިފެންޑަރަކީ ބެންޖަމިން މެންޑީއެވެ. މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި މޮނާކޯއިން މެންޗެސްޓާ ސިޓީއަށް މެންޑީ ގެނައީ 52 މިލިއަން ޕައުންޑަށެވެ.
ލިވަޕޫލްގެ ރަސްމީ ވެބްސައިޓްގައި އެ ކްލަބްއުން ބުނެފައިވަނީ އަންނަ ހޫނު މޫސުމުގެ ބާޒާރު ފެށޭ ދުވަސްކަމަށް ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު ވެންޑައިކް ރަސްމީކޮށް ލިވަޕޫލްއާ ގުޅޭނެކަމަށެވެ. އަދި އޭނާ ލިވަޕޫލްގެ ޖާޒީގައި ކުޅެން ނިންމާފައިވަނީ ޖާޒީ ނަމްބަރު ހަތަރަކަށް ކަމަށް ވެސް ލިވަޕޫލްގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވެއެވެ.