ގޮސް ހުސްވެއްޖެ ކަމަށް ބަލައި ބައެއް މީހުން އަމިއްލައަށް މަރުވާން ބޭނުންވެއެވެ. އެއިގެ ތެރެއިން ބައަކު އެކަން ތަންފީޒުވެސް ކުރެއެވެ. އެވަގުތު އެމީހުންނަށް ވިސްނިފައި އޮންނަނީ މަރުވުމުން ދެން ހުރިހައި ކަމެއް ނިމި އަރާމުކޮށްލެވޭނެ ކަމަށެވެ.
މިކަން ދިރާސާކުރާ ޕްރޮފެސަރަކު ބުނީ އަމިއްލައަށް މަރުވާ މީހުން އެކަން ކުރުމުގެ ކުރިން ނޭފަތުން ނެވާ ނުލެވޭ ގޮތަށް އަމިއްލައަށް ،2 3 މިނިޓް އަތުން ހިފަހައްޓައިލުން ރަނގަޅުވާނެ ކަމަށެވެ. އެކަމުން ކުރެވޭ އިހްސާސްތައް އިޙްސާސްވުމުން ދެން އަމިއްލައަށް މަރުވަން ނުއުޅޭނެ ކަމަށެވެ.
އޭނާ ބުނީ އަމިއްލައަށް މަރުވާން ކަންކަން ކުރާ މީހުން އެންމެ ފަހުވަގުތު އެކަމުން ސަލާމަތްވުމަށް މަސައްކަތްކުރާނެ ކަމަށާއި ނަމަވެސް އެ ފުރުޞަތު ނުލިބެނީ ކަމަށެވެ. އެހެންކަމުން މިއީ ދަންޖެހުން ނުވަތަ އެނޫންވެސް އެފަދަ ކަމެއް ކުރުމުގެ ކުރިން ކޮށްލަން ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
އޭނާ ބުނީ ދުނިޔެ ބޭނުން ނޫން ކަމަށް ހިތަށް ވަން ނަމަވެސް އަމިއްލައަށް މަރުވަނީ ދުނިޔެ ބޭނުންވެގެން ކަމަށެވެ. ދުނިޔޭގައި ތިމާ ބޭނުން ގޮތަށް ކޮންމެ ކަމެއް ވުމަށް ބޭނުންވާ މީހުން ކަމަށެވެ. އެއީ ދުނިޔެ ބޭނުން ނުވާ މީހުން ކުރާ ކަމެއް ނޫން ކަމަށެވެ. "މިސާލަކަށް ވަކި މީހަކު ލޯބިވެރިއަކަށް ނުލިބުމުގައި އޮތީ ކޮން މައްސަލައެއް؟ ލޯބިވާނެ މީހުން ދުނިޔެއިން ހުހެއް ނުވޭނު. ވަކި ކަމެއް ނުވުމަކީ މަރުވާންޖެހޭ ކަމެއްތަ؟ މަރުވީމާ ތިމާ ބޭނުންވެގެން އުޅުނު އެއްވެސް ނިއުމަތެއް ލިބޭތަ؟ ނުލިބޭނެ. ހަމައެކަނި މަރުވެވޭނީ."
މި ވިސްނުމަކީ މުސްލިމުންގެ އަޤީދާ އާއި މުޅިން ޚިލާފް ފިކުރެކެވެ. އެހެނީ މުސްލިމުންގެ އަޤީދާއަކީ ދުނިޔޭގައި ހޭދަކުރަނީ މަދު ވަގުތުކޮޅެއް ކަމެވެ. ނިމުމެއް ނުވާ ހަޔާތް ފެށެނީ މަރުވުމުން ކަމެވެ. އަދި އަމިއްލައަށް މަރުވާ މީހުންނަށް ގަދަފަދަ އަޒާބު ލިބޭނެ ކަމާއި އެ އަޒާބުގައި ދެމިތިބޭނެ ކަމެވެ. މާތްﷲ ދިންނަވައިފި އަޅަކު މެނުވީއެވެ.