ބިރުވެރި ހުވަފެން ފެނިގެން ބިރު ނުގަންނާތި- ނުވެސް ކިޔައިދޭތި- ޝައިޠާނާ ހީނ މަލާމާތްވެސް ކުރާނެ: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ބިރުވެރި ހުވަފެން ފެނިގެން ބިރު ނުގަންނާތި- ނުވެސް ކިޔައިދޭތި- ޝައިޠާނާ ހީނ މަލާމާތްވެސް ކުރާނެ: ޙަދީޘް
ތަފާތު ގޮތް ގޮތުން ހުވަފެން ފެނެއެވެ. ތަފާތު ސަބަބުތަކާއިހުރެވެސް ހުވަފެން ފެނެއެވެ. ބައެއް ހުވަފެން ފެނިގެން ބިރުން ސިއްސައިގެން ހޭވެސް ލެވެއެވެ. މިކަންކަމަކީ ޝައިޠާނާގެ ކިބައިން މެދުވެރިވާ ކަންކަމެވެ. އެފަދަ ހުވަފެނެއް ފެނިގެން ބިރުގަތުމެއް ނެތެވެ. އަދި އެފަދަ ހުވަފެނެއް އެހެން މީހަކަށް ކިޔައިދިނުމެއްވެސް ނެތެވެ.

ބިރުގެންފިނަމަ ޝައިޠާނާ އުފާކުރާނެއެވެ. އެހެން މީހަކަށް ކިޔައިދީފަނަ އެމީހަކު ޝައިޠާނާގެ މަޅީގައި ޖެހުނީކަމަށް ބަލައި ހީނ މަލާމާތްވެސް ކުރާނެއެވެ.

އެއް ދުވަހަކު މީހަކު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ދެންނެވިއެވެ. "ހުވަފެނެއް ފެނިއްޖެ އެވެ. އެ ހުވަފެނުގައި އަޅުގަނޑުގެ ބޯކަނޑާލައެވެ. ބޯ އަތުލުމަށް އަޅުގަނޑު ފުރޮޅުނީމެވެ. ދުވުނީމެވެ.

އެހިނދު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރެއްވެވިއެވެ. ތިއަ ހުވަފެނުގެ ވާހަކަ އެއްވެސް މީހަކަށް ކިޔައި ނުދޭށެވެ. ކަލޭ ކިޔައިދިނީތީ ޝައިޠާނާ ހޭނެއެވެ. އެއީ ޝައިޠާނާ ދެއްކި ހުވަފެން ކަލޭ ޤަބޫލުކުރިކަމަށްޓަކައެވެ.

ހުވަފެނެއް ފެނިގެން ހޭލެވޭއިރު ބައެއް ފަހަރު ދާހިއްލާފައި ހުރެއެވެ. އެއީ ވެސް ޝައިޠާނާގެ ހުވަފެނެއް ކަމުގެ ޢަލާމާތެކެވެ.

ހުވަފެނުގައި ކާރު އެކްސިޑެންޓްވެގެން އުޅޭތަންވެސް ފެނިޑާނެއެވެ. އެކަމަށް ބިރުން އަނެއް ދުވަހު ގެއިން ނުނުކުންނަން، ކާރު ނުދުއްވަން ނިންމައިފިނަމަ އެކަމަށްވެސް ޝައިޠަނާ ހޭނެއެވެ. އޭނާގެ މަޅީގައި ޖެހުނު ކަމަށްޓަކައެވެ.
ހައްލަކީ ކޮބާ؟

އެފަދަ ހުވަފެނެއް ފެނިއްޖެނަމަ އަޢޫޛް ކިޔަވާށެވެ. ވައަތް ފަރާތަށް 3 ފަހަރު ކުޅުޖަހާއަޑު ނެރޭށެވެ. ޝައިޠާނާ ދުވެ ފިލާނެއެވެ. އަދިވެސް އިތުރަށް ބިރު ގަންނަނަމަ ވުޟޫކޮށް ދެރަކްޢަތް ނަމާދެއްކޮށް މާތް ﷲ އާއި ގުޅުން ބަދަހިކުރާށެވެ.

ހުވަފެނުގައި ފާހިޝް އަމަލުތައް ފެނެއެވެ. ބައެއް މީހުން ޖުނުބުވެރިވެއެވެ. ފާހިޝް ޢަމަލުތައް ދައްކަނީ ޝައިޠާނާއެވެ. ސަބަބެއް ނެތިވެސް ޖުނުބުވެރިވެއެވެ. އެއީ ޠަބީޢީ ކަމެކެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް ހިނައިގަންނަން ޖެހޭނެއެވެ.

ތިބާއަށް މާތް ﷲ ގެ ހަޟްރަތުން ވެސް ހުވަފެން ފެނެއެވެ. ނަމަވެސް ބިރުވެރި ގޮތުގައެއް ނޫނެވެ. އަދި މާތް ﷲ ގެ ޙަޟްރަތުން ފެންނަ ހުވަފެންތައް ހަނދާނެއް ނުނެތޭނެއެވެ. އެފަދަ ހުވަފެންތައް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ހަޤީޤަތަކަށްވެސް ވާނެއެވެ. ހެޔޮ އަމަލުތައް ކުރުމަށް ބާރު އެޅުއްވެވުމުގެ ގޮތުންވެސް މާތް ﷲ ހުވަފެން ދައްކަވައެވެ.

ހެޔޮލަފާ މުސްލިމަކަށް ޙައްޖުވެވޭތަން ހުވަފެނުގައި ފެނުމަކީ ހަޔާތުގައި އެމީހަކަށް ޙައްޖުވެވޭނެ ކަމުގެ ޢަލާމާތެއް ކަމަށް ބެލެވެއެވެ.

ކީރިތި ޤްރްއާން ބާއްވަވައިލައްވަވަން ފެށްޓެވުމުގެ 6 މަސް ދުވަސްކުރިން ފެށިގެން ކޮންމެ ރެއަކު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ހުވަފެން ފުޅެއް ފެނިވަޑައިގަތެވެ. ޖެހިގެން އަންނަ ދުވަހު އެކަމެއް ހަޤީޤަތަކަށްވެގެންދެއެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން