ޞަދަޤާތްކުރުމުގެ ވާހަކަ ދެއްކީމާ ފިލަންވީއެއް ނޫން- އަޑުއަހައި އަމަލުކުރަންވީ!: ޝައިޚް އަބޫ އުސާމާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޞަދަޤާތްކުރުމުގެ ވާހަކަ ދެއްކީމާ ފިލަންވީއެއް ނޫން- އަޑުއަހައި އަމަލުކުރަންވީ!: ޝައިޚް އަބޫ އުސާމާ
ޞަދަޤާތުގެ ވާހަކަ ދެއްކީމާ ގިނަ ބައަކު ދުވެ ފިލައެވެ. ނޫން ނަމަ އެފަދަ ވާހަކަތަކުގެ ވާހަކަތައް އަޑުއަހަން ބޭނުމެއް ނުވެއެވެ. އެއީ އެކަމުގެ މާތްކަން ނުއެނގޭތީއެވެ.

އެއް ދުވަހަކު މީހަކު ކަންބަޅިއެއްގެ ހުރިހާ މަސްތަކެއް ޢާއިޝަތު (ރޢ)އަށް ހަދިޔާކުރިއެވެ. އެކަމަނާއަކީ ދީލަތިކަމުގެ ނަމޫނާ ބޭކަނބަލަކަށްވާތީ އަވަސް އަވަހަށް އެންމެ ބޭނުންވެފައި ތިބި އެއިގެ ހައްޤުވެރިންނަށް މަސްތައް ބައްސަވައިލެއްވެވިއެވެ.

ހަމައެކަނި ބޭއްވެވީ ކޮނޑުހުޅުގެ މަސްކޮޅެކެވެ. އެއީ ފިރިކަލުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް އެންމެ މީރުފުޅު މަސްކޮޅު ކަމަށްވާތީ ފިރިކަލުންނަށް ފަރިއްކޮޅު އެރުވުމުގެ ބޭނުން ފުޅުގައެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަޑައިގެން އެދުވަހު އެއްވެސް ކަމެއް ހިނގިތޯ ސުވާލުކުރެއްވުމުން ކަން ހިނގައިދިއަ ގޮތް ވިދާޅުވެ ދެއްވިއެވެ. އެ ހިނދު އިތުރު މާތް ނަބިއްޔާ ޙަދީޘްފުޅުކުރެއްވެވިއެވެ.

ކަމަނާ ތިއަ ވިސްނެވީ ރަނގަޅަކަށް ނޫނެވެ. ގެއްލި ދިއައީ ނުބައްސަވައި ބޭއްވެވި މަސްކޮޅެވެ. ބެއްސެވި ހުރިހައި މަހަކީ އަތްޕުޅުގައި ހުރި ފައިދާއެވެ. ޤިޔާމަތް ދުވަހުން އެއިގެ ފައިދާ ލިބިވަޑައިގަންނަވާނެއެވެ.

އެހެން އެވިދާޅުވީ ކީއްވެގެން ހެއްޔެވެ؟ ކާތަކެތި ކެއުމުން ދަނީ ބަނޑަށެވެ. ބަނޑު ބޮޑުވެއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ހަށިގަނޑުން ނުކުމެގެންދެއެވެ. އެކަމުން ކުރާނެ އިތުރު ފައިދާއެއް ނެތުމުންނެވެ. ޤިޔާމަތް ދުވަހުގައެވެ.

މިފަދަ އެތައް ގިނަ ހަދީޘްފުޅުތައް ފެންނަން އެބަހުއްޓެވެ. ޞަދަޤާތް ދިނުމަކީ އެކަމުން ތިމާއަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫންކަން އެތައް ހަދީޘްފުޅަކުން އެނގެން އެބައޮތެވެ.

(އައްޝައިޚް އަބޫ އުސާމާގެ ދަރުސަކުން)
މިއަދު އޮންލައިން