ވަގުތުން ﷲ ކޯފާ ނުފޮނުއްވަވާތީ އެމީހުން ތިބީ ރަނގަޅު ގޮތުގަ ކަމަށް ޤަބޫލުކުރި ޔަހޫދީން އެ ޒަމާނުގަ ވެސް ތިބި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ވަގުތުން ﷲ ކޯފާ ނުފޮނުއްވަވާތީ އެމީހުން ތިބީ ރަނގަޅު ގޮތުގަ ކަމަށް ޤަބޫލުކުރި ޔަހޫދީން އެ ޒަމާނުގަ ވެސް ތިބި!
މާތް ﷲ ނަހީ ކުރެއްވެވި ކަންކަން ކުރުމުން ވަގުތުން މާތް ﷲ ކޯފާ ނުފޮނުއްވަވާތީ އެމީހުން ތިބީ ރަނގަޅު ގޮތުގައި ކަމަށް ޤަބޫލުކުރި ޔަހޫދީން ކައު އިތުރު ރަސުލާ މުޙައްމަދު (ޞޢވ)ގެ ޒަމާނުގައިވެސް ތިއްބެވެ.

އެމީހުން ކައު އިތުރު މާތް ނަބިއްޔާގެ އަރިއަހަށް ގޮސް ހަޑި މުޑުދާރު ބަސްތައް ބުނުމަށްފަހު ދަމުން ބުނެ އުޅުނެވެ. "އަހަރެމެން މިހައި ނުބައި ބަސްތަކުން ބުނާއިރުވެސް މާތް ﷲ އަހަރެމެންގެ މައްޗަށް އެއްވެސް ކޯފާއެއް ނުފޮނުއްވަވައެވެ. އުޑު ވައްޓަވައެއް ވެސް ނުލައްވަވައެވެ.

އަހަރެމެންގެ ދޫތައް ބަންދެއްވެސް ނުކުރައްވަވައެވެ. ވީއިރު އަހަރެމެން މިތިބީ ހަމަ އެންމެ ރަނގަޅު ގޮތުގައެވެ.

މިއަދުވެސް ފެންނަމުން މިދަނީ ހަމަ އެފަދަ މަންޒަރުތަކެވެ. ކަންކަމެވެ. އެކަންކަމުގައި މާތް ﷲ ލައުނަތް ލެއްވެވި ކަންކަން އެބަ ކުރެއެވެ. އެފަދަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުންގެ މައްޗަށް ޢާންމުވެގެންވާ ކޯފާއެއް މާތް ﷲ ނުފޮނުއްވަވަނީ އެމީހުން ތިބީ ރަނގަޅުގޮތުގައި ވީމާ ކަމަށެވެ. އެމީހުން ކުރާ ކަންކަމަކީ ރަނގަޅު ކަންތައްތައް ވީމައި ކަމަށެވެ.

މާތްﷲ ޙަރާމް ކުރެއްވެވި ކަންކަން ކުރާ ކޮންމެ ފަހަރަކު އެމީހެއްގެ މައްޗަށް ކޯފާއެއް ނުފޮނުއްވަވަނީ މާތް ﷲ ގެ ދީލަތިވަންތަކަމުންނެވެ. އެމީހަކު ކުރި އަމަލެއް އެމީހަކާއި ބައްދަލުކުރާނެއެވެ. މީޒާނުގައި ކިރާނެ ދުވަސްތައް އޮތީ ކުރިއަށެވެ.

ސަރުކާރަކުން ކުރި ނަމަވެސް ބައަކު ކުރި ނަމަވެސް އަދި މީހަކު ކުރި ނަމަވެސް ހަރާމް ކަމެއްގެ ޙުކުމް ހަލާލުކަމަށް ބަދަލެއް ނުވާނެއެވެ. އެކަން ދެމި އޮންނާނީ ހަމަ ހަރާމް ކަމެއްގެ ގޮތުގައެވެ. ވިސްނައި އަމަލުކުރުން އޮތީ އިންސާނުންގެ އަތްމަތީގައެވެ.

(މުފްތީ މެންކުގެ ދަރުސަކުން)
މިއަދު އޮންލައިން