ތިބާ ވެސް މިރޭ ޞައްބު ހޮރަށް އެރޭނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ތިބާ ވެސް މިރޭ ޞައްބު ހޮރަށް އެރޭނީތަ؟
- ޝަހިންދާއަށް ޝައިޚް ލަޠީފް ރައްދުދެއްވައިފި

މުޝްރިކުން ކޮށްއުޅޭ އެއްވެސް ކަމެއްގައި އެމީހުންނާއި ބައިވެރިވުމެއް އަދި އެއްވެސް ކަމެއްގައި މުޝްރިކުންގެ ފަހަތުން ދިއުމެއް ނެތް ކަމަށް އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގައި ދަރުސް ދެއްވަމުން ޝައިޚް ލަޠީފް ވިދާޅުވީ ދިންނެވުމާއި ސަލާމަތްކަން އޮތީ ހަމަ އެންމެ ގޮތަކުން ކަމަށެވެ. އެއީ ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ޞަހާބީންނާއި ޚުލަފާއުއްރާޝިދުން އަމަލުކުރެއްވި ގޮތަށް އަމަލުކުރުން ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ މީސްތަކުން އުޅެންވީ ގޮތް އޮތީ ކީރިތި ޤްރްއާނުން އެނގެން ކަމަށެވެ. އެއީ ކީރިތި ޤްރްއާނާއި އިތުރު މާތް ނަބިއްޔާގެ ސުންނަތް ކަމަށްވާއިރު އެނޫން ގޮތްގޮތަށް އެއްވެސް ކަމެއްގައި އަމަލުކުރުމެއް ނެތް ކަމަށެވެ. ޢަމަލުކޮށްގެން އެއްވެސް ސަލާމަތް ކަމެއް ނެތް ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ އެހެން މީހުން (މުޝްރިކުން) އުޅޭ ގޮތްގޮތުގެ ވާހަކަ އަޅުގަނޑުމެންގެ ތެރެއަށް ވައްދަނީ އަޅުގަނޑުމެން އިސްލާމް ދީނުން ނެރެ ބޭރުކޮލުމަށް ކަމަށެވެ. (އެހެންކަމަށްވާއިރު އެހެން ދީންތަކުގެ މީހުން ކުރާ ކަންކަން އަޅުގަނޑުމެންގެ ތެރެއަށް ވައްދަމުން މިދަނީވެސް ހަމަ އެބޭނުމުގައިކަން މިވަނީ ޝައިޚް ލަޠީފް ބަޔާންކޮށްދެއްވައިފައެވެ.)

ޝައިޚް ލަޠީފް ވިދާޅުވީ އެފަދަ ކަންކަން ކުރަނީ އިސްލާމް ދީން ނިކަމެތިކުރުމަށްޓަކައި ކަމަށާއި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "މާތް ﷲ ވަޙީކުރައްވަވާފައި ވަނީ މި ނޫރު (އިސްލާމް ދީނުގެ ނޫރު) އެމީހުންގެ އަނގައިން ފުމެ ނިއްވާލަންވެސް ބޭނުންވާނެ ކަމަށެވެ. ނަމަވެސް އެއީ ވާނެ (ކުރެވޭނެ) ކަމެއް ނޫން ކަމަށެވެ.)

ޝައިޚް ލަޠީފް ވިދާޅުވީ މުޝްރިކުން ކުރާ ހުރިހާ ކަމެއް މުސްލިމުން ކޮޕީކުރާނެ ކަމަށާއި މުޝްރިކުން އަމަލުކުރި ގޮތަށް މުސްލިމުން އަމަލުކުރާނެ ކަމަށެވެ. ބަރާބަރަށް އެއްގޮތްވަންދެން އެއްގޮތަށް އަމަލުކުރަން މަސައްކަތްކުރާނެ ކަމަށެވެ. މިކަންކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަދީޘްފުޅުތަކުން ވަރަށް ރަނގަޅަށް އެނގެން އެބައޮތް ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ ޞައްބު ހޮރަކަށް ޔަހޫދީންނާއި ނަޞާރާއިން އެރުނު ނަމަވެސް ފަހަތުން މުސްލިމުން އެ ހޮރަށް އެރޭނެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާންކޮށްދެއްވީ އެހޮރުގެ ނުރައްކާތެރިކަން ބޮޑުކަމުން ކަމަށެވެ. އެ ހޮރަކީ ނަޖިސް ތަނަކަށްވެފައި އެތަނުން ނުކުމެވޭނެ ގޮތެއް، ވަން ގޮތް ނޫނީ ނުހުންނަ ތަނަކަށްވާތީ ކަމަށެވެ.

ޝައިޚް ލަޠީފް ވިދާޅުވީ އެ ހަދީޘްފުޅުގައި ޔަހޫދީންނާއި ނަޞާރާއިންގެ ވާހަކަ ބަޔާން ކުރައްވަވާފައި އެވަނީ އެއިރު ގިނައިން ތިބީ އެމީހުން ކަމަށްވާތީ ކަމަށެވެ. އިސްލާމް ދީން ނޫން އެހެން ހުރިހާ ދީންތަކެއް ހިމެނިގެންދާނީ އެއް އުޞޫލަކުން ކަމަށެވެ.

މިރެއަކީ އައު އަހަރު ފާހަގަކުރުމުގެ ނަމުގައި ރާއްޖެއާއި އެހެންވެސް އިސްލާމީ ބައެއް ޤައުމުތަކުގައި ގިނަ ބައަކު "ޞައްބު ހޮރަށް" އެރޭނެ ރެއެކެވެ. މިއެރެވެނީ "ޞައްބު ހޮރަކަކަށް" ކަން ކަމާއިމެދު ވިސްނައިލުމެއްވެސް ނެތިއެވެ.

މުޝްރިކުންގެ އަމަލުތައް ކޮޕީކުރަމުން ގޮސް އެމީހުން ކުރާހައި ކަމެއް "މުސްލިމުން" ގެ ތެރެއިން ބައަކު ކުރާނެކަން ބަޔާންކޮށްދެއްވުމަށް އިތުރު މާތް ނަބިއްޔާ ޞައްބު ހޮރުގެ މިސާލު ޖެއްސެވީ އެ ހޮރަކީ އިންސާނަކަށް އެރެވޭނެ ވަރުގެ ބޮޑު ހޮރަކަށް ވާތީއެއް ނޫނެވެ.

މުޝްރިކުންގެ އަމަލުތައް ކޮޕީކުރާނެ މިންވަރު ބަޔާންކޮށްދެއްވުމަށެވެ. (ޞައްބަކީ އަރަބި ކަރަތަކުގައި ހޮރުކޮނެގެން ދިރިއުޅޭ ބޮނޑު ފަދަ އެއްޗެކެވެ.)

އައު އަހަރު ފާހަގަކުރުމުގެ ނަމުގައިވެސް މިކުރެވޭ ކަމަކީ މުޝްރިކުންގެ އެ އަމަލު ކޮޕީކުރުމެވެ. އިތުރު ކަމެއް ނޫނެވެ. އެހެންކަމަށްވާއިރު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަދީޘްފުޅުގައި ބަޔާންކުރައްވަވާފައިވާ ސިފަތައް ވަނީ އައު އަހަރު ފާހަގަކުރުމާއި ގުޅި ލާމެހިފައެވެ.

ޝައިޚް ލަޠީފްގެ ދަރުސްގައި ވަނީ ދާދިފަހުން ޝަހިންދާ ކުރި ޓްވީޓުގެ މައްސަލަވެސް ފާހަގަކުރައްވައިފައެވެ. ރާއްޖޭގައި އުޅޭ "ޝަހިންދާތަކަށް" މާތް ﷲ ގެ ވަހީ ބަސްފުޅުވެސް ނުއެނގެނީތޯ ޝައިޚް ލަޠީފް ވަނީ ސުވާލުކުރައްވައިފައެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން